ޑިޕާޓްމެންްޓް އޮފް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޑީޖޭއޭ)އިން 2020 ވަނަ އަހަރުގެ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފިއެވެ.
މި އަހަރު އެކުލަވާލެވުނު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ސިވިލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ ޢަލީއެވެ.
ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލަން ޑިޕާޓްމެންްޓް އޮފް ޖުޑީޝަލް ސަރވިސް ކޮމިޝަން ލާޒިމު ކުރަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުންނެވެ.
މި މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އިދާރީ އެންމެހައި އިންތިޒާމްތައް ހަމަޖައްސާނެ ކަމުގައި ޑީޖޭއޭއިން ބުނެއެވެ.