ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުމާއި އެކު ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވައިފިއެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިއަދު އާންމު ކޮށްފައިވާއިރު ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުން ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

މީގެއިތުރުން VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް އައީޑީކާޑު ނަމްބަރާއި އެކު 1414ށް އެސްއެމްއެސް ފޮނުވުމުންވެސް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޗެކްކުރެވޭނެކަމަށް އީސީން ބުނެއެވެ.

އިސީން ނެރުނު އިއުލާނުގައި ބުނީ، ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2021 ފެބްރުވަރީ 9 ވާ އަންގާރަ ދުވަހުން ފެށިގެން 2021 ފެބްރުވަރީ 20 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށާއި ޝަކުވާ ފޯމު އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، އީސީގެ ރަސްމީ އީމެއިލް އެޑްރެސް، [email protected] އަށް ފޮނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީސްތަކުން ރަސްމީ ލިޔެކިއުންތައް ބަލައިގަތުމަށް ކަނޑައަޅާފައިވާ ނިޒާމެއްގެ ތެރެއިން ޝަކުވާ ހުށަހެޅުމަށްވެސް އީސީން އިލްތިމާސްކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.