ބަނގުރާ އުފުލަމުންދިޔަ ވެހިކަލެއް ހުޅުމާލެއިން ހުއްޓުވައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބަނގުރާ ހުރި ކަމަށް ތުހުމަތު ކުރެވިގެން ވެހިކަލެއް ހުއްޓުވައި މިހާރު އަންނަނީ ބަލާ ފާސްކުރުމުގެ މަސައްކަތްކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހުއްޓުވާފައިވަނީ ވޭނެކެވެ. އަދި މި ވޭން ހުއްޓުވާފައިވަނީ ހުޅުމާލޭގައި ހުންނަ ސިޓީ ބޭކަރީ އައުޓްލެޓްގެ ކުރިމަތިންނެވެ.
ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް މި އޮޕަރޭޝަންގައި ވަނީ އަތުލައިގެންފައެވެ. މި މައްސަލައިގައި އަތުލައިގެންފައިވަނީ ކިތައް ބަނގުރާފުޅިކަމެއް އަދި މީހަކު ހައްޔަރުކުރި ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.