އައްޑޫ ސިޓީ ހިތަދޫ

ކޮވިޑް-19 ގެ ކޭސްތަކެއް ފެނި އައްޑޫ ސިޓީގައި ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 04:00 އާ ހަމަޔަށް ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ވަނީ އަންނަނިވި ފިޔަވަޅުތައް ވަކި ގޮތެއް އަންގަންދެން އެޅުމަށް ނިންމާފައެވެ.

  • ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  • ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.
  • އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން.
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  • ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
  • ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.
  • ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

މި ފިޔަވަޅުތަކުން ފުލުހުންނާއި، ސިފައިންނާއި، ސިއްޚީ ހިދުމަތް ދޭ ފަރާތްތަކާއި، އެފަރާތްތައް ދުއްވާ އުޅަނދުތަކާއި، އެމްބިއުލަންސް އަދި ޓާސްކް ފޯސްގެ ފާސް ލިބިފައިވާ ފަރާތްތަކާއި އިމަޖެންސީކޮށް ސިއްޚީ ހިދުމަތް ހޯދަން ޖެހޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު އެ ސިޓީގެ މިސްކިތްތަކުގައި 2021 ފެބުރުވަރީ 09 ވާ އަންގާރަ ދުވެހުގެރޭ ފަތިސް ނަމާދުން ފެށިގެން 2021 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް، ނަމާދު ޖަމާޢަތް ނުހެދުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.