ފުވައްމުލައް ސިޓީ ހޮސްޕިޓަލް

ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވެ ފުވައްމުލައް ސިޓީ މޮނިޓަރިންގއަށް ލައިފިއެވެ.

އެ ސިޓީގެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މި ހަފްތާގެ އާދިއްތަ ދުވަހު އެ ސިޓީގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ދެ ސާމްޕަލްއެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރެންޑަމް ސާމްޕަލް ނަގާފައިވަނީ އާއްމުންންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެފަރާތުން ކަމަށްވާތީ، ފުވައްމުލައް ސިޓީގައި 'ކޮމިއުނިޓީ ސްޕްރެޑެއް' އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށް ވެސް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

ންޓެކްޓް ޓްރޭސިން ހެދުމާއި ރައްކާތެރިކަމުގެ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކާއެކު އެ ހޮސްޕިޓަލުން މަސައްކަތްކުރަމުން އަންނަ ކަމަށާއި މިވަގުތުން ފެށިގެން އެ ރަށް ވެސް މޮނިޓަރިންގ ހާލަތަށް ލެވިފައިވާ ކަމަށް ހާމަކޮށްފައިވެއެވެ. މޮނިޓަރިންގ އަށް ލުމާއެކު އެރަށަކަށް އަރާ ފޭބުން މޮނިޓަރިންގ އުވާލެވެންދެން މަނާވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.