ރަށްވެހި ފަތިސް ކެމްޕޭންގެ ސްޕޯކްސްޕާސަން ސައިފް

ދިވެހި ޒުވާނުންނަށް ވާދަވެރިންނާއި އެފަރާތްތަކަށް ވާގިވެރިވާ ފަރާތްތަކުން ދަސްކޮށްދިނީ "ބެގް، ބޮރޯ އޯ ސްޓީލް" ގެ ހަމަ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއިން ބުނެފިއެވެ. އެޕާޓީއިން މިގޮތަށް ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިޔަށް ގެންދާ ރަށްވެހި ފަތިސް ކެމްޕޭންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަށްވެހި ފަތިސް ކެމްޕޭންގެ ސްޕޯކްސްޕާސަން މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ޒުވާނުންގެ މުނިފޫހިފިލުވުމާއި، ހެލިފެލިވެ އުޅުމަކީ ދައުލަތުން އެކަމުގެ މައްޗަށް ވިސްނުން ބަހައްޓާ އެކަމަށް މަގުތަކެއް ކޮށައިދޭންޖެހޭ ކަމެއްކަމަށް ބުނުމުން އެއީ ބޭނުންނޫން، ވިޔާނުދާކަމެއްކަމުގައި އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި ސައިފް ވިދާޅުވީ އެމްޑީޕީއިން ދަންނަ ހަމައިގައި ދީނާ ދުރު، ވިޔާނުދާ ގޮތަކީ ވައްކަމާއި، ރިޝްވަތު، އަނިޔާ ދިނުމާއި، މުދާ ފޭރުން ކަމަށެވެ. ވިޔާނުދާ ވާހަކައަކީ ފަންނުވެރިން ބޭނުންވާ ތަމްރީނާއި، ތަޢުލީމު ފުރުސަތުތަކާއި، އާޓް ނުވަތަ މިއުޒިކް ސްޓޫޑިއޯތައް ނެތުމާއި ޕްރެކްޓިސް ރޫމްތައް ނެތުމުގެ ޝަކުވާ އުފުލުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމް.ޑީ.ޕީއަކީ ޒުވާނުންގެ ޕާޓީކަމަށާއި އެމް.ޑީ.ޕީއަށް ޒުވާނުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް ފަހުމުވާކަމަށް ވެސް ސައިފް ވިދާޅުވިއެވެ.

އެމްޑީޕީގެ ވާދަވެރިން ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނީ ސީރިޔާގައި ހަނގުރާމައިގެ މައިދާނުންކަން ދިވެހި ރައްޔިތުން ހަނދާން ނެތޭހައި ދުވަހެއް ނުވާކަމަށްވެސް ސައިފް ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ސަރުކާރުން ޒުވާނުންގެ ހަޔާތަށް ސީދާ ހެޔޮ ބަދަލު ގެނެސްދީފައިވާ ކަމަށާއި، ޒުވާނުންގެ ތަމްރީނާއި، ތަޢުލީމަށް އެތައް އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަން ސައިފް ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.