މިއަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިމަހުގެ 20 ވަނަ ދުވަހު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިމަހުގެ 20 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށާއި، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަސް ލިބޭނެ ކަމަށެވެ.

އަދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލާ ފުރުސަތުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ސަމާލުވުމަށް އަކްރަމް އިލްތިމާސް ކުރެއްވި އެވެ.

ކައުންސިލް އިންތިހާބު އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާއިރު އެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.