ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: ސަން އޮންލައިން

މާރާމާރި އާއި ގުޅިގެން ފަރުވާދެމުން އަންނަ ޒުވާނާގެ ހާލު ރަނގަޅުކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

ގއ. މާމެންދޫގައި ހިނގި މާރާމާރި އާއި ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވާލާފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. އެނގިފައިވާގޮތުގައި އެ ކުއްޖާއަކީ މަރާމާރީގައި މަރާލި، ކުއްޖާގެ ބޭބެ އެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ފަރުވާދެމުން އަންނަ ކުއްޖަގެ ހާލު ރަނގަޅުކަމަށެވެ. އޭގެއިތުރަށް ތަފްސިލެއް ނުދެއްވަ އެވެ.

މާމެންދޫގައި ހިނގި ގްރޫޕް މާރާމާރީ އެއްގައި ތޫނު އެއްޗަކުން ހަމާލާދީ މަރާލާފައިވަނީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު އެވެ. މައްސަލާގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.