ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި ކަނޑުމަތީގެ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވުމާއި ގުޅިގެން ލޯންޗު ދުއްވަންއިން ކެޕްޓަން 116200 (އެއްލައްކަ ސޯޅަހާސް ދުވިސައްތަ) ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، ކުޑަގިރި ޑައިވިންގ ޕޮއިންޓާއި ދިމާލަށް ދުއްވާފައިދިޔަ ފަރިހި2، ދޯންޏާއި، ސަންޓޭޓް 1 ލޯންޗު ޖެހިގެންނެވެ. 

މި އެކްސިޑެންޓުގައި މަރުވެފައި ވަނީ ދޯނީގައި ތިބި ދެ ފަތުރުވެރިއެކެވެ.

އެ މައްސަލައިގައި ލޯންޗުގެ ކެޕްޓަން އިބްރާހިމް ނާސިރަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އިބްރާހިމް ނާސިރު ބަލަން ޖެހޭ މިންވަރަށް ނުބެލުމުން ކަމަށް ދައުލަތުން ހުށަހެޅި ހެކިތަކުން ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *