ދަރި ވައްޓާލަން ބޭސް ކެއި މާބަނޑު މީހެއްގެ ދަރިފުޅު ނިޔާވެއްޖެ އެވެ.
މައުލޫމާތު އެނގޭ ފަރާތަކުން ބުނީ އޭނާ އައިޖީއެމްއެެޗަށް ގެންދިޔައިރުވެސް މާބަނޑުކަމެއް ނޭނގޭ ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ގޭގައި ހޭނެތިފައި އޮއްވާ ފެނިގެން ކަމަށެވެ.
އަދި އެ އަންހެން މީހާއަކީ ކައިވެންޏެއްކޮށްގެން އުޅޭ އަންހެނެއް ނޫން ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
އެ އަންހެންމީހާ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ވިހާފައިވާއިރު އެ މީހާ ވިހެއިއިރު ދަރިފުޅު އޮތީ ނިޔާވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބާމަނޑުއިރު ވަނީ ދަރި ވައްޓާލުމުގެ ގޮތުން ބޭސްތަކެއް ބޭނުންކޮށްފައެވެ.