ބަންގްލަދޭޝް މީހެއްގެ އަތުން ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރެވުނު ފުލުސް މީހާ ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާއި އެކު ދޫކޮށްލައިފިއެވެ.

ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ ބަންގަލަދޭޝްގެ މީހަކާއި ގުޅިގެން ބަންގްލަދޭޝްގެ މީހެއްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.

ފުލުހުންގެ ވަޒީފާގާއި ލާންސް ކޯޕަރަލް އެއްގެ މަގާމުގައި ހުރި އެމީހާ ކޯޓުން ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާއިރު، ފުލުހުން ވިދާޅުވެފައި ވަނީ އޭނާ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އޭނާގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ފުލުސް މީހާ އާއި އެކު ފޭރުމުގައި ބައިވެރިވި 28 އަހަރުގެ ބިދޭސީ މީހާ އަކީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ޙިލާފަށް ދިރިއުޅެމުން އަދި މީހެކެވެ.

ފުލުހުން ވިދާޅުވީ، އެ ދެމީހުންވެގެން ފޭރެން މަސައްކަތް ކޮށްފައި ވަނީ އެހެން ބިދޭސީ މީހެއްގެ ވޯކް ޕާމިޓާއި ފައިސާ ކަމަށެވެ

ފުލުހުން މިހާރު ވަނީ މި މައްސަލައިގެ ޖިނާއީ ތަހުޤީޤު ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *