ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެ ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރެއްހާއިރުއެވެ. އަދި އޭނާ ހައްޔަރު ކުރީ ލޯންޗަކުން އެރަށަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށެވެ.
އޭނާގެ ނަން ޖަހާފައި ހުރި ކޮތަޅު ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވާ ބެލިއިރު، އޭގެން ފަސް ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލްވިދާޅުވީ، މިއަދު މެންދުރު ފަހު މާޅެންދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަސް ގްރާމް މަސްތުވާތަކެއްޗާއެކު 49 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަަމަށެވެ.