ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ހިމަބިއްސަށް ނެގަޓިވް ވެއްޖެކަމަށް ހެލްތު މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީ އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ކުއްޖާ އަކީ ހިމަބިހީގެ ވެކްސިންވެސް ޖަހާފައިވާ ކުއްޖެއް ކަމަށެވެ.
އެ ކުއްޖާއަށް ވަނީ ހިމަ ބިއްސަށް ޝައްކު ކުރެވޭތީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާވެސް ދީފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖޭންސީ، އެޗްޕީއޭއިން މިހާރު ރާއްޖޭގައި ހިމަބިހި ފެތުރެމުން އަންނަ ކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެކެވެ.