ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެކްސިން ޖައްސަވަނީ. ފޮޓޯ: ފޭސްބުކް

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

އިދިކޮޅު އިދިކޮޅު ޕީޕީއެމް - ޕީއެންސީ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. ޖަމީލު ވެކްސިން ޖައްސަވާފައި ވަނީ މިއަދުއެވެ. ޑރ.. ޖަމީލްވެސް ޖައްސަވާފައިވަނީ، ރާއްޖެގައި ޖަހަމުންގެންދާ، އިންޑިއާއިން ހަދިޔާކުރި ވެކްސިން އެވެ.

ޑރ. ޖަމީލު ވެކްސިން ޖައްސަވާ ނަމޫނާ ދައްކަވާފައިވާއިރު، އެމަނިކުފާނުގެ އެޑްވައިޒަރު ކަމުގެ ދަށުން ހިންގަމުންދާ އިދިކޮޅު ކޯލިޝަނުން އަންނަނީ ރާއްޖޭގައި ޖަހަމުންދާ "ކޮވިޝީލްޑް" ވެކްސިނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭފަދަ ވާހަކަތަކެއް ދައްކަމުންނެވެ. އެގޮތުން، ވެކްސިނަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަ ދިން ކަމުގައި ވީނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި އެޕްރޫވަލް ލިބިފައި ނުވާކަމަށް ތަކުރާރުކޮށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އަދި، އެ ޖަމިއްޔާގެ އެޕްރޫވަލް ލިބުމުގެ ކުރިން ވެކްސިން ޖަހަން ރަނގަޅު ނޫންކަމަށްބުނެ އިދިކޮޅުން އަންނަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ޖަމީލުގެ އިތުރުން އިދިކޮޅު ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރެއްގެ ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް މީގެ ދެދުވަސްކުރިން ވަނީ "ކޮވިޝީލްޑް" ވެކްސިން ޖައްސަވާފައެވެ.

މި ދެބޭފުޅުން ވެކްސިން ޖެއްސެވުމާއެކު، ވެކްސިނާއި މެދު އިދިކޮޅުން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.