ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފިއެެވެ.
އެކަން އިއުލާނުކޮށްފައި ވަނީ ހެލްތް މިނިސްޓްރީގައި މިހާރު ކުރިއަށްދާ ނޫސްވެެރިންގެ ބައްދަލުވުމުގެ ތެެރެއިންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ހިމަބިހި ޖެހިފައިވާ އެންމެ މީހަކު ފެނުނު ކަމުގައި ވިޔަސް ޑަބްލިޔުއެޗްއޯގެ މިންގަނޑުން އެކަމުގައި އަމަލުކުރަމުން ދަނީ "އައުޓްބްރޭކް"އެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވާއިރު، މިދިޔަ ދެތިން ދުވަސް ތެރޭގައި ވަނީ ހިމަބިހި ޖެހިގެން ހަތަރު ފަރާތަކުން ފަރުވާ ހޯދައިފައެވެ. އޭގެ ތެރޭގައި މާލޭގެ ހޮސްޕިޓަލެއްގައިި މަސައްކަތްކުރާ ޑޮކްޓަރެއްވެސް ހިމެނެއެވެ.