ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް ބިން ކަނޑައަޅައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފައިވަނީ ހުޅުމާލޭ ދަވަނަ ފިޔަވަހީގައި 14 ސްކޫލެއް އެޅުމަށް ބިން ކަނޑައަޅައި, އެކަން އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. 

އަދި އެ ސްކޫލްތަކުގައި ކިޔައިވައިދޭނީ ގްރޭޑް 1-12 އާއި ހަމަ އަށް ކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ، މިނިސްޓްރީން އެންގިހާ އަވަހަށް ބިން ހަވާލު ކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދެ ވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ. މިއަހަރުގެ ބަޖެޓުން އެ ސްކޫލް އެޅުމަށް 54 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *