އިސްލާމްދީނަށް ފުރައްސާރަކޮށް، ޔޫޓިއުބްގައި ވީޑިއޯތަކެއް އާއްމުކުރުމުން މީޑިޔާގެ ސަމާލުކަމަށް އައި ދިވެހި އަންހެން ކުއްޖާ، ރާއްޖެއިން ބޭރަށް ދާން އާއްމުންގެ އެހީއަށް އެދެން ފަށައިފިއެވެ. އުފާ ފަޙްމީގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް، ގިނަބަޔަކު ޓެގްކޮށްފައި ކުރި އެއް ޕޯސްޓްގައި އޭނާ ހާމަކުރި ގޮތުގައި، އިސްލާމްދީނަށް ފުރައްސާރަކޮށްފައި ނުވާނެއެވެ. އޭނާގެ ވީޑިއޯތަކުގައި ވެސް ހުންނާނީ، މާލޭގެ ދިރިއުޅުމުގެ ހާލަތުދަށް ކަމުގެ ވާހަކަ އެވެ. މީނާ ހާމަކުރި ގޮތުގައި މެދުމިނަށް އުޅޭ ހުރިހާ މީހުންނަކީ ބައެއް މީޙުންގެ ނަޒަރުގައި ދީނުން ބޭރުވެ ނުވަތަ ދީނެއް ނެތް މީހުނެވެ. މީނާ އިތުރަށް ހާމަކުރިގޮތުގައި މިހާރު އޭނާއަށް އެކި ފަރާތްތަކުން ތަފާތު އިންޒާރުވެސް ލިބެމުން ދާކަމާއި، ޕޮލިހުން އެއްފަހަރު ގެއަށް އައިސް އޭނާ ގެންގުޅޭ ހުރިހާ އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މިކަމުގެ ސަބަބުން އޭނާ އާއްމުންގެ ކިބައިން އެދެނީ ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އެއަރ.ބީ.އެން.ބީ ނުވަތަ ބުކިންގ.ކޮމް ފަދަ ސައިޓްތަކުގެ ވައުޗަރތައް އޭނާއަށް ފޮނުވުމަށެވެ.

އޭނާގެ މި ޕޯސްޓްތަކަށް ފަހު މި އަންހެން މީހާ ޓެގްކޮށް އެހެން މީހަކު ކުރި ޕޯސްޓެއްގައި ވަނީ، އުފާ ފަހްމީގެ ނުބައި ކަމުން، ކަށްވަޅުގައި އޮތް އެ ދެމީހުންގެ ބައްޕަ މިންޖުކުރައްވާތޯ ދުޢާ ކުރާކަމާއި، އުފާ ފަހްމީ އިސްލާހު ނުވުން، ﷲ އަށްޓަކައި އެދެމީހުންގެ މެދުގައިވާ ލޭގެ ގުޅުން ކަނޑާލާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.