ޗައިނާގެ ބޮޑު ތިން ސިޓީ ކަމަށްވާ ބެއިޖިން އާއި ގުއަންޒޯ އަދި ޝަންހާއީގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަނުން އައުޓްޑޯ ކެމްޕޭނެެއްް ފަށައިފިއެވެ.

މި ކެމްޕޭނުގެ ދަށުން ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް ޗައިނާ ފަތުުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެއެވެ. (އެމްއެމްޕީއާރުސީ) އިން ބުނީ މި ކެމްޕޭނުގެ ދަށުން ބެއިޖިންގެ އެންމެ ބޮޑު އޮފީސް އިމާރާތްތަކުގައި ރާއްޖޭގެ 2،000 ލެޑް ސްކްރީން އާއި ފަސް ޝޮޕިން މޯލްގެ ބޭރުގައި ބެހެއްޓިފައިވާ ލެޑް ސްކްރީންތަކުގައި ރާއްޖޭގެ ރީތި މަންޒަރު ފެންނަ ވީޑިއޯތައް ދައްކަމުންދާނެ ކަމަށެވެ.

އަދި ޝަންހާއިގެ އެންމެ ބާރުބޮޑު އަދި ދުވާލެއްގެ މައްޗަށް ދޮޅުލައްކަ މީހުން ބޭނުންކުރާ މެޓްރޯ ސްޓޭޝަންގައި ގައި ބެހެއްޓިފައިވާ ހަތް ލެޑް ސްކްރިންއެއްގައި، ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުރި ކަންކަން އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ، ޗައިނާ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ދެ ފެއާއެއްގައި ބައިވެރިވުމާއި، ދެ ރޯޑް ޝޯވ ބޭއްވުމާއި، މިީޑިއާ އަދި ސެލެބްރިޓީ ފެމަލިއަރައިޒޭޝަން ޓްރިޕް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޑިޖިޓަލް މީޑިއާ ކެމްޕޭންތައްވެސް ކުރިއަށްދާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު، ޗައިނާއިން ރާއްޖެއަށް 234,372 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *