މާލޭ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ހިމަބިހި ޖެހިފައިވާކަން ވަރަށް އިތުބާރު ހިފޭ މަސްދަރަކުން "ޖަޒީރާ ނިއުސް"އަށް ކަށަވަރުވެއްޖެއެވެ.
މާލޭގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ހިމަބިހި ޖެހިފަައިވާއިރު، ރޭ އިރާކޮޅުގެ ވަގުތެއްގައިވަނީ ހިމަބިއްސަށް ޝައްކު ކުރެވޭ ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައެވެ. އަދި އޭގެ ކުރިން ހުޅުމާލޭގައިވެސް ވަނީ ކުއްޖެއްގެ ގައިން ހިމަބިހި ފެނިފައެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައި އެކަމުގެ ލިޔުން 2017 ވަނަ އަހަރު ހަވާލުކުރި ގައުމެކެވެ.
ހިމަބިއްސަކީ އާދަޔާ ހިލާފަށް ބާރަށް ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައި ހުރި މީހާ އުޅުނު ސަރަހައްދުތަކުން އެމީހާ ދިޔަސް، ގަޑިއެއްހާ އިރު ވަންދެން ބަލީގެ ވައިރަސް އެ ސަރަހައްދުގައި ހުރެ އެވެ.
ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ ދެ ޑޯޒް ހަމަކޮށްފައި ހުރުމުންނެވެ.