ހިމަބިއްސަށް ޝައްކު ކުރެވޭ ކުއްޖަކަށް އަނެއްކާވެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިމަބިއްސަށް ޝައްކު ކުރެވޭ ކުއްޖާ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި އެކަހެރިކޮށް ބާއްވައިގެންނެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެ ކުއްޖާ އައިޖީއެމްއެޗުގައި އެޑުމިޓުކޮށްފައި ވަނީ ރޭ އިރާކޮޅުއެވެ.
އެ ކުއްޖާގެ ގައިގައި ގިނަ އަދަދަކަށް ކުދި ބިހި ނަގާފައިވާ ވާތީ ޓެސްޓްތައް ހަަދަން ފޮނުވާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.