(އިއްޔެގެ އަދަދާއި ގުޅޭ)

51. 2017 ފެބްރުއަރީ - އޮތް އެކަޑަމީ އެވޯރޑްސް ގެ ތެރެއިން، "ލާލާ ލޭންޑް" ގެ ޕްރޮޑުސަރ ޖޯރޑަން ހަވޮއިޓްސް ހިފައިގެން ހުރި ކާޑުގައި، އެވޯޑް ކާމިޔަބު ކުރި ފިލްމަކީ "މޫންލައިޓް" ކަމަށް ލިޔެފައި. އެވޯޑް ކާމިޔާބު ކުރީ "މޫންލައިޓް" ނަމަވެސް މިކާޑް "ލާލާ ލޭންޑް" ގެ ޕރޮޑުސަރ އަށް ދެވުނީ ހުށައަޅާދިން ފަރާތަށް އެރި އޮޅުމަކުން ކަމަށް، ފަހުން ހުށައެޅުންތެރިޔާ ވޮރެން ބެޓީ ވަނީ ބުނެފައި.

52. 2017 އޭޕްރިލް – ސީރިޔާގެ ސަރުކާރާއި އިދިކޮޅު ގްރޫޕް ތަކުގެ ބެލުމުގެ ދަށުގައިވާ ޚާން ޝެއިޚޫން އަށް ދިން ކެމިކަލް ހަމަލާއެއްގައި މަރުވެފައިވާ ކުޑަކުދިންތަކެއް. މިހަމަލާގެ ދުވަސްކޮޅެއްފަހުން އެމެރިކާއިން ވަނީ 50-60 މިސައިލް ހަމަލާ، ސީރިޔާގެ ވައިގެ މަރުކަޒަކަށް ދީފައި. އަދި މިތަނަކީ ކެމިކަލް ހަމަލާގައި ބޭނުންކުރާ ހަނގުރާމަމަތީ މަތިންދާ ބޯޓު ހުރިތަނެއް ކަމަށްވަނީ ބުނެފައި. ނަމަވެސް ސީރިޔާއިން ތަކުރާރުކޮށް ބުނަމުން ދިޔައީ ކެމިކަލް ހަމަލާ އެއް ނުދޭކަމަށް.

53. 2017 އޭޕްރިލް – ކެނެޑާގެ ފެރީލޭންޑް ކާރިން އޮޔާދާ ބޮޑު ގަނޑުފެންގަނޑެއް ބަލަން، އެ އިސާބުގައި ދިރިއުޅޭ މީހުން ޖަމާވެފައި. މިއީ މި މޫސުމުގައި ލެއްގި ފުރަތަމަ ގަނޑުފެންގަނޑު.

54. 2017 މޭ - ވެނެޒުއޭލާގެ ވެރިރަށް އަދި އެންމެ ބޮޑު ސިޓީކަމުގައިވާ ކަރަކަސް ގައި، ސަރުކާރާއި ދެކޮޅަށް ހިންގަމުން ދިޔަ ހަމަ ނުޖެހުން ތަކުގައި ބައިވެރިވި މީހެއްގެ ގައިގައި އަލިފާން ހިފާފައި. މިކަން ހިނގަން މެދުވެރިވީ ފުލުހުންނާ ކުރިމަތިލުން ހިނގިވަގުތު، ފުލުހުންގެ ސައިކަލެއްގެ ތެޔޮޓޭންކްގައި ރޯވެގެން.

55. 2017 މޭ - މިޗިގަންގެ 2 އަހަރުގެ ސިންސިއަރ ސްމިތުގެ މުޅިގައިގައި، ބިހިތަކެއް ނަގާފައި. ސްމިތުގެ މަންމަ ބުނަނީ، މިއީ މުނިސިޕަލްޓީގެ ފެން ބޭނުންކޮށްގެން ދިމާވި މައްސަލައެއް ކަމަށް. ޗިކާގޯގެ އެންމެ ބޮޑު ސިޓީކަމަށްވާ ފްލިންޓްގައި، ޚަރަދު ކުޑަކުރުމުގެ ގޮތުން ވިހާ މާއްދާތައް އެކުލެވޭގޮތަށް ފެން އާއްމުންނަށް ފޯރުކޮށްދޭ ކަމުގެ ޝަކުވާ ލިބޭ.

56. 2017 މޭ - ޕޯޕް ފްރާންސިސް، އެމެރިކާގެ ރައީސްއާއި އެމަނިކުފާނުގެ އާއިލާއާއި އެކު ބޭއްވި ބައްދަލުވުމެއްގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން. މި ޙަފްލާގައި ރައީސްގެ ފަރާތުން ބައިވެރިވީ، އަނބިކަނބަލުން މެލަނިއާގެ އިތުރުން ދަރިކަނބަލުން އިވަންކާ.

57. 2017 މޭ - އެމެރިކާގެ އެފް.ބީ.އައި ގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޮމީ، އެގައުމުގެ ސެނެޓްގެ ޖާސޫސީ ކޮމިޓީއަށް ބަޔާން ދިނުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް. މީގެ އެއްމަސް ފަހުން ޓްރަންޕް ވަނީ ޖޭމްސް ވަޒީފާއިން ވަކިކޮށްފައި.

58. 2017 ޖުލައި - އެމެރިކާގެ ހުޅަނގު ސްޓޭޓްތަކުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު، ކެލިފޮރނިޔާގެ ގެ އަކާއި ކައިރި ވެފައިވަނިކޮށް، އެގޭގައި ނަގާފައިވާ އެމެރިކާގެ ދިދަ އަލިފާނުން ސަލާމަތްކުރުމަށް އެތަނުން ނަގަނީ. މި އަލިފާނުގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދިއުމަށްވަނީ މަޖުބޫރުވެފައި. ސައިންޓިސްޓުން ހާމަ ކުރާ ގޮތުގައި މިގޮތަށް ރޯވާ އަލިފާނަކީ، މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ރޯވާ އަލިފާން.

59. 2017 އޮގަސްޓް – އެމެރިކާގެ ވަރޖީނިއާގައި ދޮން ނަސްލުގެ ސިޔާސީ ލީޑަރަކު ބޭއްވި ހިނގާލުމަކާއި ދެކޮޅަށް ނިކުތް ބައެއްގެ ތެރެއަށް، ބާރު ސްޕީޑްގައި އައި ކާރެއް ވަންނަނީ. މި ހާދިސާގައި 32 އަހަރުގެ އަންހެނަކު މަރުވި އިރު، 19 މީހުން ޒަޚަމްވި. މި ހަމަލާގެ ކުށް، 20 އަހަރުގެ ޖޭމްސް އެލެކްސްގެ މައްޗަށް ސާބިތުވެ އޭނާ ވަނީ އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި.

60. 2017 އޮގަސްޓް – އެމެރިކާގެ ޓެކްސަސްގެ އައްސޭރިފަށަށް އައި ތޫފާން ހަރވޭގައި ފެންބޮޑުވި ހޮސްޕިޓަލެއްގައި އޮތް ދޮށީއުމުރުގެ މީހަކު، އެހީއަށް މަޑުކޮށްގެން. މި ތޫފާނުގައި ހިއުސްޓަން އިން ފެށިގެން ގަލްފް ކޯސްޓާއި ހަމައަށް ފެންބޮޑުވި. ސައިންޓިސްޓުން ހާމަ ކުރާ ގޮތުގައި ދުނިޔެ ހޫނުވާ ވަރަކަށް މިހެން އަންނަ ތޫފާންތައް ބާރުގަދަވެފައި، އެއިން ލިބޭ ގެއްލުން ބޮޑުވާނެ.

61. 2017 އޮގަސްޓް – 1918 ގެ ފަހުން އެމެރިކާއަށް ފެނުނު ފުރަތަމަ ފުރިހަމަ އިރުކޭތަ. އައްސޭރި ސިޓީ އެއް ކަމަށްވާ އޮރިގޮން އަށް މި އިރުކޭތަ ފެނުނީ ހަނދާއި އެއްކޮށް ނިވާވެފައި ވަނިކޮށް.

62. 2017 ސެޕްޓެމްބަރ - ޕޮރޓޯރިކޯގެ ސެން ޖުއާންއަށް އައި ތުފާން "މާރިޔާ" އަށް ފަހުން މުޅި ހިސާބުން ކަރަންޓު ކެނޑިފައި. މާރިޔާ އަކީ ވޭތުވެދިޔަ 85 އަހަރު ތެރޭގައި އެ ގައުމަށް އައި އެންމެ ބަރުގަދަ ތޫފާން. ގަޑިއަކު 155 މޭލު ބާރުމިނުގައި އައި މިތޫފާނުގެ ސަބަބުން،، ގަސްތައް މުލުން ލުހި، ގެތައް ބިމާ ހަމަވެ، މުޅިރަށުން ކަރަންޓްކެނޑި، ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވި.

63. 2017 އޮކްޓޯބަރ – ލަސްވެގަސްގައި އޮތް ކޮންސަރޓެއްގެ ތެރެއަށް ބަޑި ޖެހުމާއި ގުޅިގެން ބައެއް މީހުން ރައްކާތެރިވުމަށް ފެންސެއްގެ ފަހަތަށް ވަދެ. އެއްވެފައިވާ މީހުންތަކުގެ ތެރެއަށް ދިން މި ހަމަލާގައި 58 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވި. ބަޑިން ހަމަލާދިން 64 އަހަރުގެ ސްޓެފަން ޕެޑޮކް ފަހުން ފެނުނީ އޭނާގެ ހޮޓަލުގައި މަރުވެފައި އޮއްވާ. ފުލުހުން ހާމަކުރިގޮތުގައި އޭނާމަރުވީ އަމިއްލައަށް ބަޑިޖަހައިގެން.

64. 2017 ނޮވެމްބަރ - އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްޓީވަން މިނުޗިން އަދި އޭނާގެ އަނބިކަނބަލުން ލޫސީ ލިންޓަން، އަލަށް ޗާޕުކުރި 1 ޑޮލަރު ދައްކާލަނީ. މިއީ މިނުޗިންގެ ސޮއި ކޮށްގެން ފުރަތަމަ ނެރުނު ފައިސާގެ ނޫޓް.

65. 2018 ފެބރުއަރީ - ފްލޮރިޑާގެ ހައި ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގެ ތެރެއިން، ރައްކާތެރިކަމާއިއެކު ކުދިން ބޭރަށް ގެންދަނީ. 17 މީހުން މަރުވި މިހާދިސާ ހިންގި ނިކޮލަސް ކްރަޒްގެ މައްޗަށްވަނީ، 34 މީހަކު މެރުމުގެ ދަޢުވާ އުފުލާފައި. މީނާގެ ވަކީލުންވަނީ، މީނާގެ ހުކުމް ލުއިކޮށް މަރުގެ އަދަބުގެ ބަދަލުގައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކޮށްދޭން އެދިފައި. ނަމަވެސް ފަނޑިޔާރު މިކަންބަލައިގަނެފައެއް ނުވޭ.

66. 2018 މާރޗް – 45 އަހަރުގެ ސުދާން ނަމަކަށް ކިޔާ ހުދު ރައިނޯ މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން، ކެންޔާގެ ޖަނަވާރުން ބަލަހައްޓާ ޖޯސެފް ވަޝީރާ ފިރުމާލަނީ. މިއީ ވަރަށް މަދުން ފެންނަ ބާވަތެއްގެ ރައިނޯއެއް.

67. 2018 މަރޗް - ޕާރކްލޭންޑް، ފްލޮރިޑާގެ ހައި ސްކޫލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއިން ސަލާމަތްވި އެމާ ގޮންޒާލެޒް، ބަޑި ގެންގުޅުމަށް ހެދިފައިވާ ގާނޫނުތައް ވަރުގަދަ ކުރުމަށް ގޮވާލުމަށް ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަނީ. ވޮޝިންގޓަންގެ ސްޓޭޖެއްގައި ވާހަކަ ދައްކަމުން އެމާ ރޮވިފައި ހުރެ ބުނީ، " އެންމެ 6 މިނިޓް 20 ސިކުންތު ތެރޭގައި 17 ކުދިން މަރުވެ، 15 ކުދިން ޒަޚަމްވެ، މުޅި ޑަގްލަސް ކޮމިއުނިޓީއަށް ކުރި އަސަރު އުމުރު ދުވަހަށް ހުންނާނެ" ކަމަށް.

68. 2018 އޭޕްރިލް – އިޒްރޭލް – ޣާޒާ ބޯޑަރުކައިރީގައި ހިނގިކުރިމަތިލުން ތަކެއްގައި، ފަލަސްތީނުގެ ޒުވާނުންތަކެއް ހަޅޭލަވަނީ. އެއްވެސް ހަތިޔާރެއްނެތި ބޯޑަރު ހުރަސްކުރަން މަސައްކަތްކުރި ފަލަސްތީނުގެ މީހުންނަށް އަމާޒުކޮށް އިޒްރޭލްސިފައި ވަނީ ލައިވް ވަޒަން ބޭނުންކޮށްފައި. މީގެ ހަފްތާއެއްފަހުން އެތައްހާސް ބަޔަކު އެއްފަހަރާ އައިސް މި ބޯޑަރު ހުރަސްކުރަން މަސައްކަތް ކުރި ދުވަހަކީ، 2014 ގެ ފަހުން ، މިދެ ގައުމުގެ ހަމަނުޖެހުމުގައި އެންމެ ބޮޑު ލޭ އޮހުރުވުމެއް ހިނގި ދުވަސް. "މާރޗް އޮފް ރިޓަރން" ގެ ނަމުގައި ހިނގި މި ހަރަކާތުގައި ފަލަސްތީނު މީހުން ބޭނުންވީ، 70 އަހަރު ކުރިން އެމީހުން އަތުން އަތުލެވުނު، އަދި މިހާރު އިޒްރޭލްގެ ބެލުމުގެ ދަށުގައިވާ ބިމަށް ބޯޑަރު ހުރަސްކޮށް ދިއުމަށް.

69. 2018 އޭޕްރިލް – ކެލިފޯނިޔާގައި އޮތް، ކޮޝެއްލާ މިއުޒިކް ފެސްޓިވަލްގައި ބިޔޮންސޭ، ލަވައެއް ހުށައަޅާ ދެނީ. މިއީ މި ހަރަތާކުގައި ކަޅު ނަސްލަށް ނިސްބަތްވާ މީހެއްގެ ނަން ސުރުޚީތަކަށް އެރި ފުރަތަމަ ފަހަރު.

70. އެމެރިކާގައި އެންމެ ފަހުން ރައީސްކަން ކުރެއްވި 4 ރައީސުންނާއި، އެތަނުން 3 ރައީސުންގެ އަނބިކަނބަލުން، މިހާރުގެ ފަސްޓް ލޭޑިއާއި އެކު ފޮޓޯއަކަށް ހުއްޓިގެން. މިފޮޓޯ ނަގާފައިވަނީ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްގެ އަނބިކަނބަލުން ބަރބަރާގެ ޖަނާޒާ އޮތް ދުވަހު.

71. 2018 އޭޕްރިލް – 1953 އިން ފެށިގެން އުތުރުކޮރެޔާގެ ވެރިޔަކު ދެކުނު ކޮރެޔާގެ ސަރަހައްދު ހުރަސްކުރި ފުރަތަމަ ވެރިޔަކަށް، ކިމް ޖޮންގ އުން، ގެ ނަން ތާރީޚުގައި ލިޔެވުނު ދުވަހު، ސިޔާސީ ގޮތުން ދެކޮރެޔާ ބައި ކުރެވުނު ރޮނގުގެ ކައިރީގައި، ދެކުނު ކޮރެޔާގެ ރައީސް މޫން ޖައި އިން މަޑުކޮށްލައިގެން. ދެ ލީޑަރުން ސަލާމްކޮށް، ރޮނގުގެ ދެކުނު ކޮރެޔާއާއި ވީ ފަޅިއަށް ދިއުމުގެ ކުރިން، ދެކުނު ކޮރެޔާގެ ރައީސް، މި ރޮނގުގެ އުތުރުފަޅިއަށް ދެތިން ފިޔަވަޅު އެޅުއްވި. މި ދެބޭފުޅުންގެ ދެމެދު މި ދުވަހު އެއްބަސް ވެވުނު އެންމެ މުހިއްމު ކަމަކީ، ދެ ޤައުމުގެ ދެމެދު 70 އަހަރަށް ދިގުލައިގެން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުން.

72. 2018 މޭ – ހަވާއީގެ ބިގް އައިލެންޑް ގައި ހުރި އަލިފާންފަރުބަދަ އަކުން ދުންއަރާ އަޅިތައް ބޭރުވަމުން ދިޔައިރު އެތަނާއި މާ ދުރުނޫން ހިސާބެއްގައި ބަޔަކު ގޮލްފް ކުޅެނީ. މި ފަރުބަދަ ގޮވި އިރު ފަރުބަދައިން ބޭރުވި ދިޔާ އަލިފާން، ކައިރި ހިސާބު ތަކުގައި މީހުން ދިރިއުޅޭ ސަރަޙައްދު ތަކަށް ވެސް ފޯރި.

73. 2018 މޭ – އިނގިރޭސި ޕްރިންސް ހެރީ އަދި މޭގަން، ވިންޑްސަރގައި ކައިވެނި ކުރުމަށްފަހު. މޭގަން އަކީ ކުރިން ކައިވެންޏެއް ކޮށްފައި ހުރި ކުރީގެ ފިލްމީ ފަންނާނެއް. މޭގަންގެ ކައިވެނި ކުރެވިގެން ދިޔައީ އާއިލާ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކަމުން މި ކައިވެނީގައި އޭނާގެ ބައްޕަ އަދި ބޭބެ ބައިވެރިއެއް ނުވޭ.

74. 2018 ޖޫން – ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް އަދި ލީޑަރުން ވަށައިގެން ކޮޅަށް ތިބިއިރު އެމެރިކާގެ ރައީސް އިށީނދެގެން. މިއީ ޖީ-7 ސަމިޓްގެ ތެރެއިން ނަގާފައިވާ ފޮޓޮއެއް.

75. 2018 ޖޫން – ހޮންޑޫރަސް އަށް ނިސްބަތްވާ މެކްއެލަން، ބަލާފާސް ކުރުމަށްފަހު، އެމެރިކާ-މެކްސިކޯގެ ބޯޑަރު ކާރިން ޓެކްސަސް އިން، ހައްޔަރުކުރާއިރު އޭނަގެ 2 އަހަރުގެ ދަރިފުޅު ރޮނީ. އެމީހުން ރިއު ގްރާންދޭ ކޯރު ހުރަސް ކުރަނިކޮށް އަތުލައިގަތީ، އެމެރިކާގެ ބޯޑާރ ޕެޓްރޯލް އޭޖެންޓުން.

(މާދަމާގެ ބަޔަށް އިންތިޒާރުކޮށްލައްވާ)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *