(އިއްޔެގެ އަދަދާއި ގުޅޭ)

26. 2014 ސެޕްޓެމްބަރ - ލައިބީރިޔާގެ ސިއްޙީއެހީދޭ ބަޔަކު، އެބޯލާ ވައިރަހަށް ފަރުވާދޭ މަރުކަޒަށް އެ ގައުމުގެ 8 އަހަރުގެ ޖޭމްސް ޑޮބަރ، ގެންދަނީ. ހުޅަނގު އެފްރިކާގައި މި ވައިރަސް ފެތުރި 2016 ވަނަ އަހަރު ކޮންޓްރޯލް ކުރެވުން އިރު 11 ހާސް މީހުން މަރުވި.

27. 2014 ސެޕްޓެމްބަރ - އެކްޓަރ ޖޯޖް ކްލޫނީ އާއި އޭނާގެ "ފިއޯންސޭ" ވަކީލު އާމާލް އާލަމުއްދީން، ކައިވެނި ކުރަން ވެނިސް އަށް އަންނަނީ. މިދެމީހުން ކާވެނިކުރީ މަދު ރައްޓެހިންކޮޅަކާއި އެކު ބޭއްވި ހަފްލާއެއްގައި.

28. 2014 އޮކްޓޯބަރ – އެމެރިކާއާއި އަރަބި ގައުމު ތަކުން ގުޅިގެން، ތުރުކީ ސީރިޔާ ބޯޑަރ ކައިރިއަށް ވައިގެ ހަމަލާއެއް ދިން އިރު، އައި.އެސް.އައި.އެސް ގެ ހަނގުރާމަވެރިޔަކު ހުއްޓިގެން. ގުޅިފައިވާ މި ހަމަލާތަށް އައި.އެސް.އައި.އެސް ގުރޫޕްތަކަށް އަމާޒު ކުރީ، އެބައި މީހުންގެ ބާރު ކަނޑުވާލާ ހަނގުރާމަވެރިން ތަމްރީނުކުރުން ހުއްޓުވުމަށް.

29. 2015 އޭޕްރިލް – ކެލިފޯނިއާގެ ކެތެޑްރަލް ސިޓީގެ ހައުސިންގ ކޮލޮނީ އަކާ އިން ވެގެން ހަނަފަސް ސަހަރާއެއް. ކެލިފޯނިޔާގެ ގަވަރނަރ ވާނީ މި ގެތަކުގައި އުޅޭމީހުންގެ އިތުރުން މިހިސާބުގެ ވިޔަފާރިއާއި ދަނޑުތަކުގައި ވެސް ފެން ބޭނުން ކުރާ މިންވަރު 25 އިންސައްތަ މަދު ކުރުމަށް ލާޒިމްކޮށްފައި.

30. 2015 މޭ – ރޮހިންޔާ ހިޖުރަވެރިން، ތައިލެންޑް ކަނޑުން ބޯޓެއްގައި އޮޔާދަނިކޮށް، ތައިލެންޑް ސިފައިން ހެލިކޮޕްޓަރުގައި ގޮސް ކަނޑަށް އަޅާލި ކާ އެއްޗެހި ހޮވަން މޫދަށް ފުންމާލަނީ. މިޔަންމާގެ ސަރުކާރުން ރޮހިންޔާ ނަސްލު ފޮހެލުމަށް ދިން ހަމަލާތަކާއި ގުޅިގެން 740،000 މީހުންވަނީ ބަނގްލަދޭސަށް އެތެރެ ވެފައި.

31. 2015 ޖޫން – ޖަރުމަނުގައި އޮތް ޖީ7 ސަމިޓަށް ދިޔަ ލީޑަރުންގެ ތެރެއިން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ޖަރުމަނުގެ ޗަންސެލަރ އެންޖެލާ މަރކެލް، ހަވާސާއިން ބޭރުން ބައްދަލު ކޮށްލަނީ.

32. 2015 ޖޫން – އެމެރިކާގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަ ކުރުމުގެ އަމުރު ސުޕްރީމް ކޯޓުން ނެރުމުން، ވިއްސާރަދުނީގެ ކުލަތަކުން ވައިޓް ހައުސް ދިއްލާލާފައި.

33. 2015 ޖުލައި – ކޭޓްލިން ޖެނަރ އަށް ލިބުނު "އަރތޫރް އޭޝް ކަރޭޖް އެވޯޑް" އާއި ހަވާލުވެ އެ ހަފްލާގައި ވާހަކަ ދައްކަނީ. މިއީ ޖިންސު ބަދަލު ކުރި ފަހުން އާއްމުތަނެއްގައި ޖެނަރ ވާހަކަ ދެއްކި ފުރަތަމަ ފަހަރު. ކޭޓްލިން އަކީ، ކައިލީ އަދި ކެންޑަލް ޖެނާރ ގެ ވެސް ބައްޕަ. ކުރިން ކޭޓްލިންގެ ނަމަކީ ބްރޫސް.

34. 2015 ޖުލައި – ސުވިޒަރލެނޑްގެ ޒިއުރިކްގައި އޮތް ނޫސް ކޮންފަރެންސެއްގައި، ފީފާ އަށް ނިސްބަތްކުރެވޭ ކަރަޕްޝަންގެ މައްސަލަތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ފީފާގެ ރައީސް ސެޕް ބްލެޓަރ އަށް ދިމާލަށް ޑޮލަރުތަކެއް އުކާލަނީ. މިކަން ކުރީ އިނގިރޭސި ކޮމީޑިއަން އެއް ކަމަށްވާ ސިމޮން ބްރޮޑްކިން. މިކަން ހިނގުމާއި އެކު މީނާ ވަނީ މި ތަނުން ބޭރަށް ނެފެރައި.

35. 2015 ސެޕްޓެމްބަރ - ސީރީޔާގެ ރެފިއުޖީ ކުއްޖެއްކަމަށްވާ އަލަން ކުރްދީގެ ފުރާނަނެތް ހަށިގަނޑު ކައިރީގައި ތުރުކީގެ އޮފިސަރަކު ހުއްޓިގެން. މިއީ ސީރިޔާގެ ހަނގުރާމައިން ސަލާމަތްވެގެން ގްރީކްގެ ކޮސް އައިލެންޑަށް ދަތުރު ކުރަނިކޮށް އެއްދުވަހު ގެނބިގެން މަރުވި 12 މީހުންގެ ތެރެއިން އެކަކު.

36. 2015 އޮކްޓޯބަރ – އަފްޣާނިސްތާނުގެ ކުންދުޒްގައި ހުންނަ "ޑޮކްޓަރސް ވިތައުޓް ބޯޑަރސް" ގެ ހޮސްޕިޓަލެއްގެ އޮޕަރޭޝަން ޓޭބަލް މަތީގައި، އެ ގައުމުގެ ބޭނަޒީރު މުޙައްމަދު ނަޒަރު މަރުވެފައި. އެމެރިކާގެ ކޮމާންޑަރ ޖެނެރަލް ޖޯން ކެމްޕްބެލް ހާމަކުރި ގޮތުގައި މިއީ އެމެރިކާގެ ސިފައިންނަށް އޮޅިގެން ދެވުން ހަމަލާއެއް.

37. 2016 ޖެނުއަރީ – މެކްސިކޯގެ އެންމެ ބޮޑު ޑްރަގް ޑީލަރު "އެލް ޗަޕޯ" ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. މެކްސިކޯގެ އައްސޭރި ސިޓީއެއް ކަމަށްވާ ލޮސް މޯޗިސްގައި އޭނާ އުޅުން ތަން ރޭޑް ކުރުމަށް ފަހު ހައްޔަރު ކޮށްގެން ގެންދިޔައީ އެމެރިކާއަށް. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދަޢުވާ އެއްވަނީ ސާބިތުވެފައި.

38. 2016 ޖެނުއަރީ – ޒިކާ ވައިރަސްގެ އަސަރުކޮށްގެން ޖެހޭ ނާރުގެ ބައްޔަކުން ބޯ ކުޑަކޮށް އަދި ސިކުނޑި ފުރިހަމަ ނުވެ، ބްރެޒިލްގައި ވިހޭ ތުއްތު ޖޯސް ވެސްލީ.

39. 2016 މާރޗް – ބްރަސަލްސްގެ އެއަރޕޯޓަކަށް ދިން ދެ ހަމަލާއެއްގައި ޒަޚަމްވެފައި ތިބި ދެ އަންހެނުން. ސަބްވޭ ސްޓޭޝަނަކަށް ވެސް އަމާޒުވި މި ހަމަލާތަކުގައި 32 މީހުން މަރުވިއިރު މި ޙަމާލާތަކުގެ ޒިންމާ ނަގާފައިވަނީ އައި.އެސް.އައި.އެސް އިން.

40. 2015 ޖޫން – އޮލިމްޕިކް ދުވުންތެރިޔާ އޮސްކާ ޕިސްޓޯރިއަސްގެ ލޯބިވެރިޔާ ރީވާ ސްޓީންކެމްޕް މަރާލި މައްސަލައިގެ ހުކުމް އިއްވިއިރު ކޯޓުގައި، މަސްނުޢީ ފައި ނުލާ ހިނގާފައި ދަނީ. މި މައްސަލާގައި ކުޑަ ހުކުމެއް ކުރަން ޖެހޭނެކަމަށް އޮސްކާގެ ވަކީލު ބުނަމުން ދިޔަ ނަމަވެސް، 2015 ގައި ކުރި 6 އަހަރުގެ ޖަލު ހުކުމް ފަހުން ވަނީ 13 އަހަރާއި 6 މަހަށް އިތުރު ކޮށްފައި.

41. 2016 ޖުލައި - އެމެރިކާގެ ލޫސިއާނާގެ ޕޮލިހުން ހިންގަމުން ދިޔަ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް މަގުތަކަށް އެއްވި މީހުންގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ އީޝިޔާ އިވާންސް ހައްޔަރުކުރަން ފުލުހުން އައުމުން، އީޝިޔާ އެމީހުންގެ ކުރިމަތީގައި ހުއްޓިލައިގެން. މި ހަރަކާތްތަކުގެ ފެށުމަކަށްވީ، ކަލު ނަސްލަށް ނިސްބަތްވާ 37 އަހަރުގެ އެލްޓަން ސްޓަރލިންގެ ގަޔަށް، ދޮން ނަސްލުގެ ދެ ޕޮލިހުން ބަޑިޖަހާ މަރާލުން. ވީޑިއޯތަކުން ފެންނަ ގޮތުގައި ޕޮލިހުން އޭނާ ގަޔަށް ބަޑިޖެހުމުގެ ކުރިން ބިންމައްޗަށް ވައްޓާލި. ނަމަވެސް ޕޮލިހުން ބުނީ އެލްޓަން ގަޔަށް ބަޑިޖެހީ ޕޮލިހުންގެ ހަތިޔާރު އަތުލަން އުޅުމުން ކަމަށް.

42. 2016 އޮގަސްޓް – އޮލިމްޕިކްގެ 200 މީޓަރު ބަޓަރފްލައި ފެތުމުގެ ތެރެއިން ސައުތު އެފްރިކާގެ ފެތުންތެރިޔާ ޗަޑް ލީ ކްލޮސް، އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް އަށް ބަލަނީ. ފެލްޕްސް އަކީ މިހާތަނަށް އޮލިމްޕިކް ގައި އެންމެ ގިނަ މެޑެލް ހޯދައިފައިވާ ފެތުންތެރިޔާ.

43. 2016 އޮގަސްޓް – އޮލިމްޕިކްގެ 100 މީޓަރ ދުވުމުގެ ތެރެއިން ޖެމެއިކާގެ ދުވުންތެރިޔާ އުސައިން ބޯލްޓް އޭނާގެ ވާދަވެރި ދުވުންތެރިޔާ އަށް ބަލަނީ. މި ދުވުން ބޯލްޓް ކާމިޔާބުކޮށްގެން ބޯލްޓް ތާރީޚުގެ ތެރެއަށް ވަނީ، އޮލިމްޕިކްސްގައި ތިން ފަރަށް 100 މީޓަރ ދުވުން ކާމިޔާބުކުރި ފުރަތަމަ މީހާގެ ގޮތުގައި. ބޯލްޓްގެ ކެރިއަރުގައި 8 ރަން މެޑަލްގެ އިތުރުން 100 އަދި 200 މީޓަރުގެ ދުނިޔޭގެ ރެކޯޑް ހޯދި.

44. 2016 އޮގަސްޓް – އޭޕްރިލް 2011 އިން ފެށިގެން ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއިން އަލެއްޕޯއަށް ދިން ވައިގެ ހަމަލާއިން ޒަޚަމްވި، ކުޑަކުއްޖަކު އެމްބިއުލަންސް އެއްގައި އިށީންދެގެން. މި ހަމަލާގައި، މައިންބަފައިންނާއި އެއްބަނޑު ކުދިންތަކެއް އުޅެމުންދިޔަ ގެ އެއް ބިމާހަމަވެ އެގޭގެ ދަށުން ހޯދި މިކުއްޖާއަކީ އޮމްރާން ދަގްނީޝް ކަން ފަހުން ވަނީ ޔަގީން ކުރެވިފައި.

45. 2016 ނޮވެމްބަރ – ވޯރލޑް ސީރީޒް ގޭމް 7 ކާމިޔާބު ކޮށް ޗިކާގޯ ކަބްސް އުފާ ފާޅުކުރަނީ. މިއީ 1908 އަށް ފަހު މި ޓީމަށް ބޭސްބޯލް މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު.

46. 2016 ނޮވެމްބަރ – މޫނު ބަދަލު ކުރުމުގެ އޮޕްރޭޝަނަށް ތައްޔާރުވެގެން ހުރި ކެޓީ ސްޓަބްލްފީލްޑް، ކްލީވްލެންޑް ކްލިނިކް ގައި ފޮޓޯއަކަށް ހުއްޓިގެން. ކެޓީ ވަނީ އުމުރުން 18 އަހަރުގައި އަމިއްލަ އަށް މަރުވުމަށްޓަކައި ބަޑި ޖަހާފައި. ކެޓީ އުއްމީދު ކުރަނީ އަމިއްލަ ނަފްސަށް ގެއްލުންދޭ މީހުން ހޭލުންތެރި ކުރުވުމަށް، މި އޮޕަރޭޝަންގެ ޒަރިއްޔާއިން އެހީތެރިކަމެއް ފޯރުކޮށް ދެވޭނެކަމަށް.

47. 2016 ޑިސެމްބަރ – ތުރުކީގެ އަންކާރާގައި ބޭއްވި ފޮޓޯ މައުރަޒެއްގެ ތެރެއިން، ރަޝިޔާއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަންދްރޭ ކަރލޯވް މަރާލުމަށްފަހު، އޮފް ޑިއުޓީގައި ހުރި ތުރުކީގެ ފުލުން އޮފިސަރ މެވްލޫތް މަރޓް އޮލްޓިންޓަސް " ﷲ އަކްބަރ" ގޮވަނީ.

48. 2016 އޮގަސްޓް - ނެޝަނަލް ފުޓްބޯލް ލީގް ގެ ކުޅުން ތެރިންގެ ތެރެއިން 3 ކުޅުންތެރިއަކު، މެޗުފެށުމުގެ ކުރިން ކިޔާ ގައުމީ ސަލާމަށް ކޮޅަށް ނުތެދުވެ. މިހެން މިކަން ކުރީ، ކަޅު ނަސްލުގެ މީހުނަށް ތަފާތުކުރުން ގެންގުޅޭ ގައުމެއްގެ ދިދައަކަށް އިހުތިރާމް ނުކުރާކަން ދެއްކުމުގެ ގޮތުން.

49. 2017 ޖެނުއަރީ – އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވުނު ޑޮނަލްޑް ޓަރަންޕް، ހުވާ ކުރުމުގެ ރަސްމިޔާތަށް ވަންނަވަނީ. ޓްރަންޕް އިންތިޚާބު ކާމިޔާބު ކުރީ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ އާއި ވާދަކޮށްގެން.

50. 2017 ޖެނުއަރީ – ޑޮނަލްޑް ޓްރަންޕް އޮފީހާއި ހަވާލުވުމަށްފަހު ފޯނުން ގުޅުއްވި ދުނިޔޭގެ ލީޑަރުންގެ ތެރެއިން، ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕުޓިން އާ ވާހަކަ ދައްކަވަނީ.

(މާދަމާގެ އަދަދަށް އިންތިޒާރު ކޮށްލައްވާ)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *