ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ހޫނު މޫސުމުގައިވެސް ބޯފެނަށް ދަތިވެއްޖެ ނަމަ ކައުންސިލްތައް މެދުވެރިކޮށް އެރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީ އިން މިކަން އާންމުކޮށް ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ބޯފެން ފޯރުކޮށްދޭނީ ފެނަކައިން ކައުންސިލްތަކާއި ގުޅިގެން ކަމަށާއި، ފެނަށް އެދޭ އުސޫލާއި ފެން ފޯރުކޮށްދޭ އުސޫލުވެސް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ.

އެ ރަށެއްގެ ކައުންސިލަށް ފެން ހުސްވެދާނެ ކަމަށް ލަފާކުރެވިއްޖެ ނަމަ، ފެން ހުސްވުމުގެ 14 ދުވަހުގެ ކުރިން އެރަށެއްގައި ހުންނަ ފެނަކަ ބްރާންޗަށް ނުވަތަ ފެނަކަށް ބްރާންޗެއް ނެތްނަމަ ފެނަކަ ހެޑް އޮފީހަށް ފެނަށް އެދޭ ފޯމު ހުށަހަޅަން ޖެހޭ ކަމަށާއި، ފެނަކަ އޮފީހަށް ފޯމު ހުށަހެޅި ނަމަވެސް ފޯމުގެ ކޮޕީއެއް އެމިނިސްޓްރީ އަށް މެއިލްކުރަން ވާނެ ކަމަށް އެއިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީ އިން ވިދާޅުވެފައި ވަނީ ފެން ފޯރުކޮށްދިނުމަކީ ގިނަ މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހޭ ކަމެއް ކަމުން، މަދުވެގެން 14 ދުވަހުގެ މުހުލަތެއް ނުދޭ ނަމަ އެކަން ކުރުަމަށް ދަތިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *