މިިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 16.79 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 2.5 ޕަސެންޓް އިތުރު ވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ދައުލަތަށް ލިބުނީ 16.35 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.79 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވުމުން 2018 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 440 މިލިއަން ރުފިޔާ އިތުރެވެ.

ޑިސެމްބަރު މަހު ޖީއެސްޓީގެ ގޮތުގައި 658.04 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 361.95 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބީޕީޓީގެ ގޮތުގައި 120.96 މިލިއަން ރުފިޔާ ލިބިފައިވާއިރު، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.7 މިލިއަން ރުފިޔާ ލިބިފާއިވެ އެވެ.މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 68.79 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 277.03 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 74 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ.

މިދިޔަ އަހަރު އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *