ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ދިރާސީ އައު އަހަރަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންނަށް ސްކޫލްތަކުން އަބަދުވެސް ހޫނު މަރުޙަބާއެއް ކިޔާއިރު މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ 73،000 އަށްވުރެ ގިނަ ދަރިވަރުންނާއި އެކުގައެވެ.

މިއަދު ހެނދުނު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކަހަލަ ގޮތަކަށް ކިޔެވުން ފަށާފައިވާއިރު، ބައެއް ސްކޫލް ތަކުގައި ކިޔެވުން ފެށީ އެއް ދަންފަޅިއަށެވެ. އަދި ބައެއް ސްކޫލް ތަކުގައި ދެ ދަންފަޅިއަށްވެސް ކިޔަވައިދެމުން ދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އާއަހަރާއި އެކު ރާއްޖޭގެ 212 ސުކޫލެއްގައި ކިޔަވައިދޭނެ ކަމަށާއި، އޭގެ ތެރެއިން 150 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އަދި މިއަހަރު 170 ޕްރީ ސްކޫލެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދެމުން ގެންދާނެ އެެވެ.

އަދި ރާއްޖޭގެ 150 ސުކޫލަކުން އޯލެވެލް ގައި ބައިވެރިވާއިރު، އޭލެވެލް ހަދާނީ 50 ސުކޫލެއްގައެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.