ދުނިޔޭފެ މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކު ރާއްޖެ ވަޑައިގެން ދެއްވާ ފުރަތަމަ ދަރުސް އަންނަ އަންގާރަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މުފްތީ މެންކު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 18 އަށެވެ. މުފްތީ މެންކް ރާއްޖެ ވަޑައިގެން މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ،، މާލޭގައި ބާއްވާ ދަރުސް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8:15 ގައި މާލޭގެ ކާނިވާ ސަރަހައްދުގައި ކަމަށާއި، ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:15 ގައި އައްޑޫ ސިޓީ، ނޫރާނީ ސުކޫލުގައެވެ.
ކުޅުދުއްފުށި ސިޓީ ގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގައެވެ. މުފްތީ މެންކު މީގެ ކުރިން ވެސް ރާއްޖެއަށް ވަޑައިގެން ދީނީ ދަރުސްތަކެއް ދެއްވާފައިވެއެވެ.