މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައިވަނީ އެކަކު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ގާސިމް ހަސަން މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ ގާތިލް އަދުހަމް މުހައްމަދު އިއުތިރާފްވެފައިވާ ކަމަށާއި، ގާސިމް މަރާލުމުގައި އެހެން އެއްވެސް ބަޔަކު ބައިވެރިވިކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ،

އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާއެއްގައި އާދަމަ ޝަރީފް ވިދާޅުވީ ޑްރައިވަރު ގާސިމް މަރާލީ އެކަކު ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެ އެ މަރާއި މެދު ޝައްކު އުފައްދައިފައެވެ.

"ހުޅުމާލޭގައި ޑްރައިވަރު ގާސިމް މާރާލީ އެއްމެ މީހެއްގެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، މި ސަރުކާރު އައިފަހުން ކުށްތައް ކުރުން އިތުރުވަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *