އިސްލާމްދީނަކީ އެންމެ އޯގާވަންތަ ދީނެވެ. އެދީނުގައި ވަނީ އެކަކު އަނެކަކަށް އަޅައިލައި އިހުސާންތެރިވުމަށް އަންގަވާފައެވެ.
މީސްތަކުންނަށް ހެޔޮކޮތް ހިތުމަކީ އަޅާގެ ނިމުން ރަނގަޅުވެ ނުބައި ނިމުމުން ދުރުހެލިކޮށްދޭ ކަމެއް ކަމަށް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
«صَنَائِعُ الْمَعْرُوفِ تَقِي مَصَارِعَ السَّوْءِ، وَالصَّدَقَةُ خَفِيًّا تُطْفِئُ غَضَبَ الرَّبِّ، وَصِلَةُ الرَّحِمِ زِيَادَةٌ فِي الْعُمُرِ، وَكُلُّ مَعْرُوفٍ صَدَقَةٌ، وَأَهْلُ الْمَعْرُوفِ فِي الدُّنْيَا أَهْلُ الْمَعْرُوفِ فِي الْآخِرَةِ» [رواه الطبراني في الأوسط وحسنه الألباني في صحيح الترغيب والترهيب]
މާނައީ: “ހެޔޮކަންތައްތައް ކޮށްދިނުމަކީ ނުބައި ނިމުމުން ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ސިއްރުން ކުރެވޭ ޞަދަޤާތަކީ ވެރިރައްބުގެ (އެބަހީ: ﷲގެ) ކޯފާއިން ދުރުކޮށްދޭ ކަމެކެވެ. އަދި ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ޢުމުރު އިތުރުކޮށްދޭ ކަމެކެވެ. އަދި ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ. ދުނިޔޭގައި ހެޔޮފޯރުކޮށްދޭ މީހުންނަކީ އާޚިރަތުގައިވެސް ހެޔޮކަމުގެ އަހުލުވެރިންނެވެ.”
ބޭނުން ޖެހިފައިވާ މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމަކީ ﷲގެ ހަސްރަތުގައި ހެޔޮކަން ބޮޑުވެގެންވާ އަމަލެކެވެ. އަދި އެއީ ކުރެވޭ ޞަދަޤާތެއްވެސް މެއެވެ.
އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.
"އެމީހެއްގެ އަޚާގެ ޙައްޤުގައި، އޭނާއަށް އެހީތެރިވެދިނުމަށް މަސައްކަތްކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށްމެ ޞަދަޤާތެއްވެއެވެ."
ބޭނުން ޖެހިފައިވާ މީހުންނަށް އޯގާތެރިވެ، އެހީތެރިވުމަކީ އަނެކުންގެ ލޯތްބާއި އިހްތިރާމް ތިމާއަށް ލިބި، ތިމާގެ ގަދަރު ދުނިޔެ މަތީގައި އުފުލިގެންދާނެ ކަމެކެވެ.