ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނިޔާވެފައިވަނީ އެ ސެންޓަރުގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 79 އަހަރުގެ ފިރިހެނެކެވެ.
އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ ޖެންޑަރ މިނިސްޓަރީން ބުނެއެވެ.
ގުރައިދޫގައި ހުންނަމަރުކަޒަކީ ބެލެނިވެރި ފަރާތެއް ނެތި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލުމުގެ ގޮތުން ސަރުކާރުން ހިންގަމުން އަންނަ ތަނެކެވެ.