ހުނުމަކީ އިންސާނުންގެ ތަބީއަތުގައިވެސް ލައްވާފައިވާ ކަމެކެވެ. އުފާވެރިކަމެއް މެދުވެރިވެއްޖެ ހިނދު އެކަމެއް ފާހަގަކުރުމުގެ ގޮތުން ބައެއް މީހުން ހީ އުޅޭއިރު އަނެއްބައި މީހުން މީހަކު މަޖާ އެއްޗެއް ކިޔުމުންވެސް ހީ އުޅެއެވެ. އަދި އެއްވެސް ތާކުންތާކުން ނުޖެހޭ ބޭކާރު ކަންތަކާ ހީ އުޅޭ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ.

މާތްﷲ އިންސާނުން ހެއްދެވި މަޤްސަދު ބަޔާންކުރައްވައި الذاريات ސޫރަތުގެ 56 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

“وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ”

މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ."

އިންސާނުން ދުނިޔެއަށް ފޮނުއްވެވި މަތިވެރި މަޤުސަތު ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު، ހިތާމައަކީ އެކަމަށް އެއްވެސް ފަރުވާލެއް ނެތި ޢާފިލްކަންމަތީ ކުޅިވަރާއި މަޖަލުގައި ދުވަސްތައް ކަނޑައްތުކުރަމުންދާ މީހުންގެ އަދަދު އަޅުގަނޑުމެންގެ ތެރޭފައި ގިނައީމައެވެ.

މާތްﷲ އުޑާއި ބިން ޚަލްޤު ކުރެއްވީ އަޅުގަޑުމެން ކުޅިވަރުކުޅެ ހީ، ސަމާސާކޮށް މަޖާ ކުރާކަށް ނޫނެވެ. ކީރިތި ޤުރުއާނުގެ الأنبياء ސޫރަތުގެ 16 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވައެވެ

“وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ”

މާނައީ: "ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެ."

މާތްﷲ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވެވި މަތިވެރި މަގުސަދު ހަނދާން ނައްތާލައި ކުޅިވަރާއި މަަޖަލުގައި ހީ ސަމާސާކޮށް އުޅުމަކީ ޖާލިހު ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘް ފުޅެއްގެ މާނައިގައިވެއެވެ.

"ތިމަން ކަލޭގެފާނަށް އެނގިލައްވާއެއްޗެހި ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ ތިޔަބައިމީހުން ހުނީހީ މަދުންނެވެ. އަދި ވަރަށް ގިނައިން ތިޔަބައިމީހުން ރޮއެހަދާނެތެވެ"

އިސްވެ ދިޔަ ހަދީޘްތަކުން އެނގޭ ގޮތުގައި ދުނިޔޭގެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންގެ އަމަލުތައް ބަހަށްޓަންވީ ﷲ އާއި އެކަލާނގެ ރަސޫލާ މުހައްމަދުއް ޞައްލަﷲ އަލައިހި ވަސައްލަމަ އެންގެވި ގޮތަށެވެ. އިންޝާ ﷲ އޭރުން ކާމިޔާބާއި ފަލާހް ލިބޭނެ ކަން ކަަށަވަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *