އީރާނުގެ ވެރިރަށް ތެހްރާންގެ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ ހަމަލާއެއްގައި ވެއްޓުނު ޔޫކްރެއިން ފްލައިޓުގެ މައްސަލަ އެގައުމުގެ އަސްކަރީ ކޯޓުގައި ބެލުމަށް އީރާނުގެ އިސް ފަނޑިޔާރު، އިބްރާހިމް ރައިސީ އަމުރުކުރައްވައިފިއެވެ.

ފަނޑިޔާރު ރައިސީ ނެރުނު އަމުރުގައި ވަނީ ކަމާ ބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން އެހާދިސާއާ ގުޅޭ ގޮތުން ލިބެން ހުރި ހުރިހާ މައުލޫމާތަކާއި ހެއްކެއް އެއްކޮށްގެން އެ މައްސަލަ ބެލުމަށް އެގައުމުގެ އަސްކަރީ ކޯޓުގެ މައްޗަށް އަމުރުކުރާ ކަމަށާއި، އެ ހާދިސާގެ މައުލުމާތު އެނގޭ އޮފިސަރުންގެ ފަރާތުން ހެކި ބަސް ނެގުމަށެވެ.

އީރާނުގެ ޕްރޮސެކިއުޓަރ ޖެނެރަލް، މުހައްމަދު ޖައުފަރު މުންތަޒީރީވެސް ވަނީ އެމައްސަލައިގެ ތަފްސީލީ ތަހުގީގެއް ކުރުމަށް އަސްކަރީ ކޯޓަށް ގޮވާލާފައެވެ.

އީރާނުން ދިން ހަމަލާއެއްގައި ޔޫކްރޭނުގެ ބޯޓު ވެއްޓިފައިވާއިރު އެ ބޯޓު ވެއްޓުނު ހަމަލާ ދެވުނީ "ހެދުނު ގޯހަކުން" ކަމަށް އީރާނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ވެއްޓިފައިވަނީ ޔޫކްރޭނުގެ ބޮއިން 737 މަރުކާގެ ބޯޓެކެވެ. ޔޫކްރެއިން އިން މައުލޫމާތުދޭ ގޮތުގައި އެ ބޯޓަށް އަދި ވާނީ ތިން އަހަރެވެ. އަދި އެ ބޯޓަކީ ގަވައިދުން މެއިންޓެއިންކުރާ ބޯޓެއް ކަމަށާއި، އެ ބޯޓު ދުއްވަންތިބީ ތަޖުރިބާކާރު ޕައިލެޓުން ކަމަށްވެސް ޔޫކްރެއިނުގެ ސަރުކާރުން ބުނެއެވެ. އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި 176 މީހުން ވަނީ މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *