ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއި އެކު މާލޭގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ސުކޫލުތައް ހުޅުވިގެން ދިޔުމާއެކު، ޓްރެފިކަށް ބަދަލު އަންނާނޭ ކަމަށާއި، އެ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތް ތަކަށްވެސް ބަދަލު އަންނާނެކަމަށެވެ.
އަދި ޚާއްސަކޮށް ސްކޫލްތައް ހިމެނޭ ސަރަހައްދު ތަކުގައި ފުލުހުންގެ ދައުރު ފުޅާ ކުރެވޭނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މަގުމައްޗަކީ އެންމެނަށް ސަލާމަތްތެރި އަދި ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް 24 ގަޑިއިރު މަސައްކަތްކުރަމުންދާ ކަމަށެވެ.