ރާއްޖޭގައި ހިމަ ބިހި ފެތުރިފައިވެދާނެ ތިން ތަނަކާއި ދެ ސަރަހައްދެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވަނީ، ދާދި ފަހުން ހިމަ ބިހި ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދިން ކުޑަކުއްޖާ ދިޔަ ތަންތަނާއި ވަގުތުތަކެވެ
ކުއްޖާ ދިޔަ ތަންތަނާއި ވަގުތު:
4 ޖެނުއަރީ 2020 - 20:00 އިން ފެށިގެން 23:00 އާ ހަމައަށް ހުޅުމާލެ ހޮސްޕިޓަލް
5 ޖެނުއަރީ 2020 - 17:00 އިން ފެށިގެން 21:00 އާ ހަމައަށް ހުޅުމާލެ ހޮސްޕިޓަލް
6 ޖެނުއަރީ 2020 - 19:00 އިން ފެށިގެން 22:00 އާ ހަމައަށް ސެނަހިޔާ ހޮސްޕިޓަލް
7 ޖެނުއަރީ 2020 - 19:00 އިން ދަންވަރު 2:00 އާ ހަމައަށް ހުޅުމާލެ ހޮސްޕިޓަލް
8 ޖެނުއަރީ 2020 - 11:30 އިން ފެށިގެން 13:30 އާ ހަމައަށް ޓްރީޓޮޕް ހޮސްޕިޓަލް
މީގެ އިތުރުން 1 ޖެނުއަރީއާއި 9 ޖެނުއަރީއާ ދެމެދު ހަވީރުގެ ވަގުތުތަކުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި އެސަރަހައްދުގެ ކެފޭތަކަށްވެސް އެކުއްޖާ ގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އެ ތާރީޚުތަކުގައި އެތަންތަނަށް ގޮސްފައިވާ މީހުން އެމްއެމްއާރު ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައި ނުވާނަމަ ވީހާވެސް އަވަހަކަށް އެ ވެކްސިންގެ ޑޯޒު ހަމަކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ހިމަބިހި ޖެހިފައިވަނީ ކުޑައިރު އެމްއެމްއާރް ވެކްސިން ޖަހާފައި ނުވާ ކުއްޖަކަށެވެ.