އެމެރިކާގެ ފޮރިން ސާވިސް އެވޯޑް ދިވެއްސަކަށް ލިބިއްޖެއެވެ.
މި އެވޯޑަކީ އެމެރިކާގެ ހާރިޖީ ދާއިރާގައި އެންމެ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިން މުވައްޒަފަށް ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް އިން ދޭ އެވޯޑެކެވެ.
އެމެރިކާގެ ފޮރިސން ސާވިސް އެވޯޑް ލިބިފައިވަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގައި މަސައްކަތް ކުރަމުން އަންނަ ޝައުފާ ސައީދަށެވެ.
ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް (އެސްސީއޭ) އިން މިކަމާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެފައިވާ ކަމަށާއި، މި އެވޯޑަކީ ޝައުފާގެ މި ބުރަ މަސައްކަތް ބަލައިގަތުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ.