ގެއްލިގެން ހޯދަމުންދިޔަ ޑިންގީ އޮޔާ ދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔައީ "މިސް ސްކައި" ނަމަކަށް ކިޔާ ޔޮޓެއްގެ ޑިންގީއެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ޑިންގީ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ކަމަށާއި، އެ ޑިންގީ ފެނިފައި ވަނީ، ބ. މަތިވަރަދޫ ކައިރިން ކަމަށެވެ. އަދި އެ ޑިންގީ ފެނިފައި ވަނީ އޮޔާދަނިކޮށް، ނައުޝިއަސް ރިސޯޓުގެ އުޅަނދަކަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޑިންގީ ފެނިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:19 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ ޑިންގީ ގެއްލުނުއިރު އޭގެ ތެރޭގައި އެއްވެސް މީހަކު ނެތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *