ގަވައިދާ ހިލާފަށް ޕާކު ކުރުމުން ޖަހާ ސްޓިކާ ޖެހުން ހުއްޓާލުމަށް ނުނިންމާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ފަރާތުން ރާއްޖޭގެ އެއްވެސް މީޑިއާ އަކަށް ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފައި ވާނޭ ކަމަށް މައުލޫމާތެއް ހިއްސާކޮށްފައި ނުވާނޭ ކަމަށާއި ނަމަވެސްް ޕާކިން ސްޓިކާ ޖެހުމާއި ގުޅޭ ގޮތުން ކަމާ ބެހޭ މުއައްސަސާތަކާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލު ކުރައްވަން ނިންމާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ސީޕީ ހަމީދުގެ އެއް ބައްދަލުވުމަކީ ޕާކިންގ ސްޓިކާ ޖެހުން ހުއްޓާލުމަށް ބާއްވާ ބައްދަލުވުމެއްކަން ނޭނގޭ ކަމަށެވެ.
ފުލުހުން ސްޓިކާ ޖެހުން ހުއްޓާލަން އުޅޭ ކަމަށް ގިނަ މީޑިއާތަކަކުން ރިޕޯޓުކޮށްފައި މިވަނީ ސްޓިކާ ޖަހައިގެން ކޮންމެ ހަފްތާ އަކު ފުލުހުން ބޮޑެތި އާމްދަނީ ހޯދަމުން އަންނަ ދަނޑިވަޅެއްގައެވެ.