އަންނަ އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރަން 1.400 އަށް ވުރެ ގިނަ މެންބަރުން ފޯމް ހުށައަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރަން ފޯމް ހުށައެޅުމުގެ ފުުރުސަތު ރޭ 21:00 އަށް އޮތީ ހުޅުވާލައިފައެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްޑީޕީގެ އިންތިހާބީ ކޮމެޓީގެ ނައިބު މުގައްރިރު އަދި މަޖިލިސް މެންބަރު އިބްރާހީމް މުއިއްޒު، ވިދާޅުވީ މުއްދަތު ހަމަވިިއިރު ޕްރައިމަރީގައި ވާދަކުރަން 1400، އަށް ވުރެ ގިނަ މެންބަރުން ފޯމް ހުށައަޅާފައިވާ ކަމަށާއި، ކެންޑިޑޭޓުންގެ ލިސްޓު މިމަހުގެ 13 ވަނަ ދުވަހު އާންމު ކުރާނެ ކަމަށެވެ.
އެމްޑިޕީގެ ޕްރައިމަރީގައި ވޯޓު ލެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.