ދޮޅު އަހަރު ފަހުން ރާއްޖެއިން ހިމިބިހި ފެނުނުއިރު، އެ ބަލި ފެނިފައި ވަނީ، ދިވެއްސެއްގެ ގައިން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ހިމަބިހި ރާއްޖެއިން ފެނިފައިވާކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނައީވެސް ޑރ. ފައިސަލްއެވެ. ފައިސަލް ވިދާޅުވީ މިބަލި ފެނިފައިވަނީ މާލެއިން ކަމަށެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑު 2017 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއާއި ވަނީ ހަވާލުކޮށްފައެވެ.

ޑރ ފައިސަލް ވިދާޅުވީ، ހިމަބިހިން ރައްކާތެރިވުމަށް އެންމެ މޮޅު އަދި ރައްކާތެރި ގޮތަކީވެސް ވެކްސިން ޖެހުން ކަމަށާއި، އުމާއެކު ބިހި ނަގާނަމަ ހިމަބިއްސަށް ޓެސްޓު ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މި ބަލި ‏‎ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް،MR ، MMR މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *