ޕާކިންގ ވައިލޭޝަން ސްޓިކަރ ނުވަތަ ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކަރ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފިކަމަށް އިތުބާރު ހުރި ފަރާތަކުން ޖަޒީރާއަށް ކަށަވަރުކޮށްދީފިއެވެ. 

ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިގޮތަށް މިކަން ނިންމި އިރު މިދުވަސްވަރަކީ ފުލުހުން އާދަޔާ ޚިލާފަށް ސްޓިކަރ ޖެހުމާއި ޗެކް ޕޮއިންޓްތައް ބަހައްޓައިގެން ޤަވާއިދާ ޚިލާފުވާ ފަރާތްތަށް ޖޫރިމަނާ ކުރަމުން އަންނަ ދުވަސްވަރެކެވެ.

ސްޓިކާ ޖަހައިގެން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މީގެ ކުރިން ވިދާޅުވީ، ދައުލަތަށް އާމްދަނީ ހޯދުމުގެ ގޮތުން ސްޓިކާ ނުޖަހާނެ ކަމަށެވެ. އަދި ޕާކު ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށްވެސް ސަރުކާރުން މީހެ ކުރިން ވިދާޅުވެފައިވެއެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *