މިދުވަސްވަރު ފަތު އަޑުލާފައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ފުލުހުން 24 ގަޑިއިރު ނިކުމެ ސްޓިކަރ ޖެހުމާއި ޗެކް ކުރުމާއި ޖޫރިމަނާ ކުރުމުގެ ވާހަކައެވެ. ފުރަ މާލެ ތެރޭގައި ފުލުހުން ޗެކްޕޯސްޓު ނުޖަހާ މަގެއް ނެތެވެ. މިއީ މިކަމަށް އޮތް ހައްލު ބާވައެވެ؟ މި ނޫން ގޮތެއް ނުވަތަ ޗޮއިސް އެއް ދިވެހި ފުލުހުންނަށް ނެތީތޯއެވެ.

ކޮންމެ އަކަސް އެރައަށްވުރެ މިރޭ ބަރޭ ބުނާ އުސޫލުން އެއްރެއަކަށް ވުރެ އަނެއް ރޭގައި ފުލުހުން ޖަހަމުން އަންނަ ސްޓިކަރ އިތުރޭ ބުނެވިދާނެއެވެ. ތެދެކެވެ، ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދައި ފިޔަވަޅު އަޅަންޖެހެއެވެ. އެކަމަކު އެކަން މިކުރަނީ އެކަން ކުރަންޖެހޭ އެންމެ އެކަށޭނެ ގޮތަށްތޯއެވެ؟ މިކަމާ ހިތްހަމަ ނުޖެހިގެން ޝޯސަލް މީޑިއާގައި އެނާގެ ޝުޢޫރު ފާޅުކުރަމުން ޒުވާނަކު މިވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މަޢާފުކޮށްފައި ހުއްޓައި މިމީހުން މަގޭ ލައިސަންސް އަތުލާ ސައިކަލުވެސް އެންމެ ފަހުން ޓޯވް ކުރި. އަދިވެސް މިބުނަނީ އަނގަފުޅާ ކޮށްފައި ވޯޓުދޭށެވެ. ނުދޭނަން! އެމްޑީޕީގެ ވާހަކަ މަގޭ ކައިރީގައި ދެން އެކަކުވެސް ނުދައްކާތި. އެމްޑީޕީގެ ސަރުކާރެއްނު މިއީ. އެމްޑީޕީ ޤައުމު ހިންގަނީ ނިކަމެތި ރައްޔިތުން ފެލައިގެންތޯ؟ މަށަށް ވެގެންވަންޏާ ޕާޓީއަށް ތާޢީދު ކުރާ އެންމެން ކައިރީގައިވެސް ބުނަން އޮތީ އެމްޑީޕީ އަށް ވޯޓު ނުލައްޗޭ

މި ޒުވާނާ އެކަންޏެއް ނޫނެވެ. ހަޤީގަތުގައިވެސް ދިވެހިންގެ ގިނަ ބަަޔަކު މިވަނީ މާޔޫސްވެފައެވެ. ބަދަލަކަށްލީ ވޯޓު މިވީ ބުރައަކަށެވެ. ރައްޔިތުންނަށް ފެންނަން އޮތް ބަދަލަކީ ސައިކަލު މަތީގައި ބަރިބަރިއަށް ޖަހާފައި ހުރި ސްޓިކަރ އެވެ. މެގަ ޕްރޮޖެކްޓެއް ފެންނާކަށް ނެތެވެ. ފެންނަމުންދަނީ ބޮޑެތި މަޝްރޫޢުތަކުން ހަދާފައި ހުރި ތަންތަން ވީރާނާ ވަމުންދާތަނެވެ.

ފުލުހުންގެ ޗެކް ޕޮއިންޓްތަކުގެ ވާހަކައަކީ އަދި ދޫކޮށް ނުލާ ދާވަރުގެ ވާހަކައެެއް ނޫނެވެ. މަގުމަތިން ލަސްވެގެން ތަނަކަށްދާން އުޅުނަސް ސަލާމަތެއް ނެތެވެ. ހަފްތާއެއްގެ މަތިން 10 ފަހަރު ޗެކް ކުރިޔަސް ސަލާމަތެއް ނެތެވެ. ހުރިހާ އެއްޗެއް ހަމަވިނަމަވެސް ޗެކްކުރަން ދާ ވަގުތަކީ ހާދަ ގެއްލޭ ވަގުތެކެވެ. ޒުވާނެއް އޭނާގެ ވާހަކަ ހިއްސާ ކުރައްވަމުން ޖަޒީރާއަށް ވިދާޅުވީ ފުލުހުން މީގެ ކުރިންވެސް ޗެކް ކުރާކަމަށެވެ. އެކަމަކު މިހާރު މިމީހުން މިކަން މިކުރަނީ ރައްޔިތުންނަށް ޖެއްސުމަށްކަމަށެވެ. ބްރިޖްއެޅީ ރައްޔިތުންނަށް ފަސޭހައަކަށް ނަމަވެސް މިހާރު ބްރިޖަށް އެރުންވެސް ވޭނަކަށް ވެއްޖެއެވެ. ރައީސް ޔާމީން އެޅުއްވި އެއްޗެކޭ ކިޔާފައި މިވަރު ކުރަން ޖެހޭތޯއެވެ. ހުޅުމާލެ އަށް ތަނަކަށް ލަސްވެގެން ދާން ބްރިޖަށް އެރިޔަސް ޗެކްކުރަނީއެވެ. އެ ޒުވާނާ އިތުރަށް ވިދާޅުވި އޭނާއާއި ދިމާވާ ހުރިހާ ރައްޓެހިންވެސް މިހާރު ދައްކަމުން އަންނަނީ ފުލުހުންގެ އުނދަގުލުގެ ވާހަކައެވެ. ކޮންމެ ކަމަކަށްވެސް ލިމިޓެއް އޮންނަ ނަމަވެސް މިހާރުވަނީ މިވަނީ ހައްދުން ނައްޓައިފައިކަމަށް އެ ޒުވާނާ ބުންޏެވެ. 

ޝޯޝަލް މީޑިއާގައި އެމްޑީޕީ އަށް ތާއިދު ކުރަމުން ދާ އެކްޓީވިސްޓެއް ނަން ހާމަ ނުކުރުމަށް އެދި ޖަޒީރާ އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ

ވަރަށް ދެރަވަރު މީ. މަ ވޯޓުލީ މިކަމަކަށް ނޫން. އިބޫ އަށް ތާޢިދު ކުރާ އެތަަށް ބަޔަކު މާޔޫސް ކޮށްލައިފި. އެމްްޑީޕީ މީހުން އެމްޑީޕީ ދެކެ މިސަރުކާރުން ފޫހި ކޮށްލައިފި. އަހަންނަކީ ޖާނާ މާލުން ގުރުބާންވެގެން ކެމްޕެއިން ކުރަމުން އައި މީހެއް. މި ކައުންސިލް އިންތިޚާބުގައި އަހަންނަށް އެންމެ އުނދަގުލީ އަހަރެންގެ ރައްޓެހިންނަށް ވިސްނައިދޭން އެމްޑީޕީ އަށް ކައުންސިލް މެޖޯރިޓީ މުހިންމުވަނީ ކީއްވެކަން. އެންމެންވެސް ބުނަނީ މާލޭގެ މަަގުތަށް މަތީގައި އުޅޭ ފުލުހުން އުޅޭ ގޮތް ބަލައިލީމާ އިނގެއޭ އެމްޑީޕީއަށް ވޯޓު ނުދޭންޖެހޭ ސަބަބު. ރައީސް ނަޝީދު ވެރިކަމުގައި ދިވެހި ފުލުހުން ނިކުމެ ކުރީ ބަަޤާވާތް. މިހާރު މިކުރަނީ ޖެއްސުން. މިކަން ހުއްޓާ ނުލައިފިނަމަ ވަރަށް ވޯޓު ގެއްލޭނެ.

ހަގީގަތުގައިވެސް މި ޒުވާނާ މިދެއްކީ ވަރަށް ހެޔޮ ވާހަކައެެކެވެ. ރައްޔިތުން ވޯޓުން ބަދަލު ކުރީ ވަރަށް ފޮނި އުންމީދުގައެވެ. އެތައް އުންމީދެއް ކޮށްގެން ހުރި ޒުވާނުންގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ޖޫރިމަނާގެ ގޮތުގައި ނިކަމެތި ރައްޔިތުންގެ އަތުން ޖުމްލަ 233 މިލިއަން ރުފިޔާ ނިމިދިޔަ 2019 ވަނަ އަހަރު މިވަނީ މިސަރުކާރުން ހޯދާފެވެ. ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފައިވާ ހިސާބުތަކުން ފެންނަ ގޮތުގައި އެކި އެކި ޖުރިމާނާގެ ގޮތުގައި 233 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއަހަރު މިގޮތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 197 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ބަޖެޓުގައިވެސް ޖުރިމާނާ އިން ބޮޑު އަދަދަކަށް އާމްދަނީ ދައުލަތަށް ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައި ވެއެވެ. ފުލުހުންނާއި ސަރުކާރުގެ އުނދަގުލާއި ހެދި އެއްބަޔަކު އެއްބައިވެގެން މިވަނީ ވައިބަރ ގްރޫޕެއްވެސް ހަދާފައެވެ. އެމްވީ ޗެކް ޕޮއިންޓްއިން ހަޤީގަތުގައި ފެންނަނީ މިސަރުކާރަށް ތާޢިދުކުރި އެތަަށް ބަޔަކު ދިވެހި ސަރުކާރުގެ ފުލުހުންގެ މުައައްސަސާގެ ކަންކަން ދޯދިޔާ ކަމުން އެކަމާއި ދެކޮޅަށް ނިކުމެ އަޑުއުފުލާ ތަނެވެ. ފަނަރަ ހާހަށްވުރެ ގިނަ ދިވެހިން އުޅޭ މިގުރޫޕުން ފެންނަނީ ރައްޔިތުންގެ ނުރުހުން ވެފައިވާ މިންވަރެވެ. ކަންކަން އިސްލާހުކޮށް ރައްޔިތުން އެދޭ ތަރައްޤީއާއި ބަދަލު ގެންސްދީފައި 24 ގަޑިއިރު ކޮންމެ ސައިކަލެއް ފަހަތުގައި ފުލުހެއް ބެހެއްޓިޔަސް ރައްޔިތުންގެ ނުރުހުމެއް ނޯންނާނެއެވެ. ކަމެއް ނުކޮށްދޭތާ ޤައުމު ހިންގަނީ ރައްޔިތުން ފެލައިގެންނެވެ. އިދިކޮޅުގައި އޮތް އިރު އެންމެ ގިނައިން އެއްޗިސް ގޮވި ޔާމިނު މަޢާފުކޮށްދިން ކަންތައްތައް މިހާރު މިވަނީ ހަނދާން އާވާން ފަށާފައެވެ. އެ އެއްޗެއްގެ މުހިންމު ކަން އިނގޭނީ އެއެއްޗެއް ގެއްލުމުންނޭ މުސްކުޅިން ބުނެ އުޅެއެވެ. ރައްޔިތުންގެ ވޯޓުން ގެއްލުނު ޔާމީންގެ ވެރިކަމަށް ވުރެ މިހާރު އުނދަގޫ ބޮޑު ކަން އެންމެންވެސް ގަބޫލުކުރެއެވެ. މީގެ އަސަރު ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުން ފެންނާނެ ކަމީ ކަށަވަރު ކަމެކެވެ. މީގެ ބަދަލު ރައްޔިތުން ދޭނީ ވޯޓުންނެވެ. މިކަން މިއަދު ނުހުއްޓައިފި ނަމަ މާދަން ރައްޔިތުން ނިކުމެ ވޯޓު ލާނީ މި ސަރުކާރާ ދެކޮޅަށެވެ. މިކަން ރައްޔިތުން ދައްކާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުންނެވެ. އޮޅިގެން ނަމަވެސް މި އެޅެނީ ވަރަށް ޅަ އެއްޗެކެވެ. ސްޓިކަރ އާއި ޖޫރިމަނާގެ ހިތި މާދަން ފެންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *