ގދ، މަޑަވެލި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު އެރަށު ނާރެސް ގޭގައެވެ.

އެ ގޭގައި ރޯވި އަލިފާންގަނޑު ރަށު ރައްޔިތުން ކުރި މަސައްކަތުން ވަނީ މިހާރު ނިއްވާލައިފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ހާދިސާގައި އެގޭގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، އެހެން ނަމަވެސް އެގޭގެ 80 ޕަސެންޓް އަނދާފައިވާކަމަށެވެ.

އެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރުއެވެ. ރަށުގެ ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ، 8:40 ހާއިރުއެެވެ.

އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފުން ދަނީ ބަލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *