މާދަމާ ރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށްވެސް ފެންނާނެއެވެ.

މާދަމާރޭ ހަނދުކޭތަ ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

މި ކޭތަ ހިފާނީ މާދަމާ ރޭ 22:02 އިން ފެށިގެން ދަންވަރު 2:07 ކާއި ހަމަޔަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭ 00:10 އެއްގައި ވަންދެެނެވެ.

މި ކޭތަ ރާއްޖޭގެ ހުރިހާ ރަށަކަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެބޮޑު މިސްކިތުގައި ހޮނިހިރު ވިލޭރޭގެ މެންދަމު 00:00 ގައި ކޭތަނަމާދު ކުރުން އޮންނާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *