އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމުކޮށް ބޭއްވި ހާއްސަ ޖަލްސާއެއްގައި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގުރުއާން ކިޔަވާ ވިދާޅުވެއްޖެ އެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އުސައިމީން އެވެ.
ޑރ. ޝަހީމް ޤުރުޢާން ކިޔަވާ ވިދާޅުވެފައިވަނީ، ފަލަސްތީނުގެ ގުދުސްގެ މައްސަލައިގައި، އޯއައިސީގެ ގައުމުތަކުގެ ދާއިމީ މަންދޫބުން ބޭއްވި ޖަލްސާގައެވެ. ޝަހީމަކީ އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެވެ. އަދި އެ ޖަމާއަތުގެ ފިކުރީ ގޮފީގެ ވެރިޔަކީ ވެސް ޝަހީމެވެ.
ޤުރުއާން ކިޔަވާ ވިދާޅުވި ވީޑިއޯ ޑރ. ޝަހީމް ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރައްވައިފައެވެ.