އޭނާ ވެރިކަމުގައި ހުރިހައި ހިނދަކު އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެެއްދުމުގެ ފުރުސަތު ނުދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް ބުނެފިއެވެ.
ޓްރަމްޕް މިފަދައިން ބުނީ، އެގައުމުގެ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު އެމެރިކާގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުރިހައި ހިނދަކު އިރާނަކަށް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ" ޓްރަމްޕް ބުންޏެވެ.
މި ބައްދަލުވުމުގައި ޓްރަމްޕް ބުނެފައިވަނީ އިރާނުން ފޮނުވާލި ހަމަލާގައި އެމެރިކާގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
އަދި އީރާނުން އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާގެ ރައްދުގައި، އަސްކަރީ ގޮތުން ހަމަލާއެއް ނުދޭނެ ކަމަށެވެ.