ރޭ އީރާނުން އިރާގުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދިން ހަމަލާތަކާއި ގުޅިގެން އިރާނާއި ދެކޮޅަށް އަސްކަރީ ފިޔަވަޅެއް ނާޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޯނަލް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ޓްރަމްޕް ބުނީ އަސްކަރީ ގޮތުން އީރާނަށް ރައްދު ނުދިނަސް އީރާނާއި ދެކޮޅަށް އިތުރު ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅިކަން އިއުލާނުކޮށްފައެވެ.
އަދި އީރާނާއި ދެކޮޅަށް ދެކޮޅަށް ދެން އެޅިދާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށް ޓްރަމަޕް ބުންޏެވެ.