އީރާނުގެ ޖެނެރަލް ޣައްސާމް ސުލެއިމާނީ އަކީ މާ ކުރިންވެސް އަވަހާރަ ކޮށްލަން ޖެހޭ ޓެރަރިސްޓެއް ކަމަށް އެމެރިކާގެ ރައީސް ޑޯނަލް ޓްރަމްޕް ބުނެފިއެވެ.

ޓްރަމަޕް މިހެން ބުނެފައިވަނީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޓްރަމްޕް ބުނީ އިރާނުގެ ގުދުސްގެ ކޮމާންޑަރު ސުލެއިމާނީ މަރާލެވިފައިވަނީ މާ ލަހުން ކަމަށާއި އޭނާ އަކީ މާ ކުރިންވެސް މަރާލަން ޖެހޭ މީހެއް ކަމަށެވެ، އަދި، އޭނާގެ ސަބަބުން ވަރަށް ގިނަ މީހުން މަރުވެފައިވާ ކަަމަށްޗެސް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕް ބުނެފައިވަނީ ސުލެއިމާނީ އަކީ ހިޒްބުއްލާ ފަދަ ނިރުބަވެރި ޖަމާއަތްތަކަށް ތަމްރީން ދީފައިވާ ކަމަށާއި އޭނާއަކީ މީގެ ކުރިން ހިނގާފައިވާ ހަމަ ނުޖެހުންތަކުގެ އިސް މީހެއް ކަމަށެވެ،

ޓްރަމްޕް ބުނީ އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިރާނުން ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *