ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ކުރަމުން އަންނަ ވަރަށް ނުރަނގަޅު ކަމެކެވެ. އެއީ ނުރައްކާތެރި ވަބާއެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު 8،000،000 ވުރެ ގިނަ މީހުން ދުނިޔެއާއި ވަކިވެގެން ދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ތިމާއާއި އެހެން މީހުންނަށްވެސް ގެއްލުން ހުރި ކަމެކެވެ. ހާއްސަ ގޮތެއްގައި މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްގޮތަކަށްވެސް އެދެވިގެންވާ ކަމެއް ނޫނެވެ.
މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތައް
(ހ) ބައިގެންދިއުން
(ށ) ދުވަސް ނުފުރާ ވިހެއުން
(ނ) ދަރިފުޅުގެ ބަރުދަން ލުއިވުން
(ރ) ދަރިފުޅުގެ ހަށިގަނޑުގައި އައިބުއުފެދުމުގެ ފުރުސަތު ބޮޑުވުން
(ބ) ޅަދުވަހު ޖެހޭ ބައެއް ބާވަތުގެ ކެންސަރަށް ހުށަހެޅޭލެއް އަވަސްވުން
(ޅ) ބޮޑުވުން ލަސްވުން
މީގެ އިތުރުންވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުން އެތައް ގެއްލުމެއް ލިބެއެވެ. ދުންފަތުގެ އިސްތިއުމާލޔ ކުރުމަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބުކަމަށްވާއިރު، ތަހުޒީބުވަމުން އަންނަ ބައެއް ގައުމުތަކުގައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ބައެއް މެދުފަންތީގެ ޤައުމުތަކުންވެސް އަންނަނީ ދުންފަތާއި ދެކޮޅަށް އެތަކެއް މަސައްކަތެއްކުރަމުންނެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖެއާއި، ދެކުނު އޭސިއާގެ ގިނަ ގައުމުތައް ހިމެނެއެވެ.