ލަންކާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ސްޓޭޓަސް ބެލުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށާފައިވާތީ އެކަމަށް ސަމާލުވުމަށް ލަންކާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފިއެވެ.
ލަންކާ އެމްބަސީ އިން ބުނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެކި ބޭނުންތަކުގައި ލަންކާ އަށް ދާ ދިވެހިން ދުރާލާ ޕާސްޕޯޓައި ވިސާގެ މުއްދަތު ހަމަވޭތޯ ބެލުމަށް އިލްތިމާސްކުރާ ކަމަށާއި،.އަދި ވިސާ ހަމަވުމުގެ ކުރިން ވިސާ ގެ ކަންތައް ހަމަޖެއްސުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ލަންކާގައި ދިރިއުޅޭ ދިވެހިން ގެއިން ނުވަތަ ހޮޓަލުން ބޭރަށް ނުކުންނަ ނަމަ ޕާސްޕޯޓު ހިފައިފެން އުޅުމަށްވެސް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ވިސާ އާކުރުމަށް ޕާސްޕޯޓު އެމްބަސީގައި ނުވަތަ އިމިގްރޭޝަންގައި އޮތްނަމަ، ޕާސްޕޯޓް ނެގިކަމުގެ ރިސީޓް އަދި ކާކުކަން އަންގައިދޭ އެހެން ލިޔުމެއް ގެންގުޅުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.
މިފަހުން ލަންކާ ފުލުހުން މުޅި ލަންކާގައި ހިންގި އޮޕަރޭޝަނެއްގައި 12 ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.