ކ. މާފުށި ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް ނަގަން މުއްދަތެއް ދީފިއެވެ.
މާފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާފުށީ ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް އަންގާ ކަމަށެވެ.
އެ ކައުންސިލުން ބުނެފައިވަނީ އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ސަފާރީތައް އެސަރަހައްދުން ނެގުމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާގޮތުން ރަށެއްގެ ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރެވެ.
ކައުންސިލްގެ އެ އިއުލާނުގައި ވަނީ، މުއްދަތު ހަމަވުމުން ނުގެންގޮސްހުރި ސަފާރީތައް ކައުންސިލްގެ ފަރާތުން އެސަރަހައްދުން ނަގައި، އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކާލާނެ ކަމަށާއި، އެކަމުގެ ސަބަބުން ވެދާނެ އެއްވެސް ގެއްލުމަކަށް އެ ކައުންސިލުން ޒިންމާ ނުވާނެ ކަމަށެވެ.
ކ. މާފުށްޓަކީ ލޯކަލް ޓްއަރިޒަމް އެންމެ ބޮޑަށް ކުރިއަރައިފައިވާ އެއް ރަށެވެ.