މިފެށޭ ދިރާސީ އާއަހަރާއި އެކު ޖުމްލަ 73،067 ކުދިން ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
އަންނަ އާދީއްތަ ދުވަހު ފެށޭ ދިރާސީ އާއަހަރާއި އެކު ރާއްޖޭގެ 212 ސުކޫލެއްގައި ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 150 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރުމިއަހަރު 170 ޕްރީ ސްކޫލެއްގައި ކިޔަވައިދެމުން ގެންދާނެ އެެވެ.
އަދި ރާއްޖޭގެ 150 ސުކޫލަކުން އޯލެވެލް ގައި ބައިވެރިވާއިރު، އޭލެވެލް ހަދާނީ 50 ސުކޫލެއްގައެވެ.
މީގެ ތެރެއިން ގިނަ ކުދިން ތައުލީމް ހާސިލް ކުރަމުން ދަނީ މާލޭގައި ކަމުން މާލޭގެ ސްކުލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.،